ބަޖެޓު 2026: ދައުލަތުން އިއްޒަތް އަރުވާފައިވާ މީހުންނަ ހެލްތު އިންޝުއަރެންސް ދެނީ ބަޖެޓު 2026: ދައުލަތުން އިއްޒަތް އަރުވާފައިވާ މީހުންނަ ހެލްތު އިންޝުއަރެންސް ދެނީ

އެކި އަހަރު މަތިން ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ހިމަނައިފި އެވެ.
ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް އިންޝުއަރެންސް ދިނުމަށް ހިމަނާފައިވަނީ 1.2 މިލިއަން ރުފިޔާ އެވެ.
މިއީ އެ ބޭފުޅުންނަށް މިފަދަ އިނާޔަތެއް ދިނުމަށް ދައުލަތުގެ ބަޖެޓުގައި ހިމެނި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް ދެ އަހަރުގެ ބަޖެޓުގައި ވެސް މި އިނާޔަތް ހިމަނާނެ ކަމަށް ވެސް ބަޖެޓުގައި ބުނެފައިވެ އެވެ.
ދައުލަތުން މިހާރު އަރުވާ އިއްޒަތްތަކަކީ، ދައުލަތުގެ އިއްޒަތް، ދައުލަތުގެ މަތިވެރި އިއްޒަތް އަދި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތެވެ.
ދައުލަތުގެ އިއްޒަތް މިހާތަނަށް 39 ބޭފުޅަކަށް އަރުވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަތިވެރި އިއްޒަތް އެރުވި 24 ބޭފުޅަކާއި އިއްޒަތް އެރުވި 12 ބޭފުޅެކެވެ. އަދި އެންމެ މަތިވެރި އިއްޒަތް އެރުވި އެއް ބޭފުޅެއް ވެސް ހިމެނެ އެވެ. އެއީ މައުމޫން އަބްދުލް ގައްޔޫމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ