ޖެނެރޭޝަނަލް ބޭން އާއި ގުޅުވައި ކުރިޔަށްގެންދާ "ނޭޝަން ޓޯޗު ރަން"ގައި އެޗްޑީސީގެ މުވައްޒަފުން ބައިވެެރިވެއްޖެއެވެ.
އިއްޔެ ހަވީރު ފެށި މި ހަރަކާތުގައި ރޭ އެޗްޑީސީގެ މުވައްޒަފުންނާއި އެ ކުންފުނީގެ އިސް ފަރާތްތައް ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެގޮތުން އެ ކުންފުނީގެ އެމްޑީ، ބްރްގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއާއެކު މުޅި ޖުމްލަ 350 އަށް ވުރެ ގިނަ މުވައްޒަފުން އެ ދުވުމުގައި ބައިވެރިވި ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި ޓޯޗު ރަންގައި ގިނަ ކުންފުނިތަކާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތައްވެސް ދަނީ ބައިވެރިވަމުންނެވެ. އެގޮތުން މިހާތަނަށް އެތައް ހާސް ބަޔަކު އެ ދުވުމުގައި ބައިވެރިވެފައިވެއެވެ.
މި ހަރަކާތް ކުރިއަށްގެންދަނީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތް ކުރިއަށް ގެންދާއިރު، މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، އެޑޮވޮކޭ ކްލިނިކް، އަދި ލައިވް މިއުޒިކާއި، ފޮޓޯބޫތްވެސް ބަހައްޓާފައި ވެއެވެ.
މިއަދު ތަންފީޒުކުރަން ފެށި ޖެނެރޭޝަނަލް ބޭންގެ ދަށުން 2007 ވަނަ އަހަރުގެ ޖެނުއަރީ 1 ކުން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ.
މިއީ ދިވެހި ދައުލަތުން ދުންފަތާ ދެކޮޅަށް އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ.
ޓޯޗު ރަންގައި އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ