އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ގެ އިތުބާރު ނެތްކަން ހާމަކުރުމަށް ފޭދޫ ރައްޔިތުން މިއަދު ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އެ ޕެޓިޝަންގައި ސޮއިކުރަން ފެށީ ފޭދޫގައި ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށް އާންމުންގެ ބޮޑު މެޖޯރިޓީއަކުން ވޯޓު ދިނުމުން އުފާ ފާޅުކުރަން މިއަދު ބޭއްވި ސައިކަލު ބުރު ނިންމާލުމަށްފަހު އެވެ.
އެ ޕެޓިޝަނުގައި ސޮއިކުރި މީހަކު އަދަދު އަށް ބުނީ ދީދީގެ އިތުބާރު ގެއްލުނީ ފޭދޫގައި ވަކި ކައުންސިލެއް ހަދަން މަސައްކަތް ކުރުމުންނާއި ފޭދޫގެ ތަރައްގީއަށް ހުރަސް އަޅަމުންދާތީ ކަމަށެވެ.
"އޭނަ ފޭދޫގައި ވަކި ކައުންސިލެއް ހަދަން ވެގެން މަސައްކަތްކުރީ. އަހަރުމެން ބޮޑު މެޖޯރިޓީއަކުން އެއޮތީ ނޫނެކޭ ބުނެފައި. ތަރައްގީގެ މަޝްރޫއުތަކަށް ވެސް ދަނީ ހުރަސް އަޅަމުން. އެހެންވީމަ އިތުބާރު ނެތްކަން މިހާރު ދައްކަން ބޭނުންވަނީ،" އޭނާ ބުންޏެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޕެޓިޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
އައިބީގެ އިތުބާރު ނެތް ކަމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި މިވަނީ ބުދަ ދުވަހު މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ދަނޑިވަޅެއްގަ އެވެ.
ފޭދޫގައި ވަކި ކައުންސިލެއް ހެދުމަށް ނެގި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ދީދީގެ އިތުރުން އޭނާގެ ދަރިކަލުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވެސް ވަނީ ކެމްޕެއިން ކުރައްވައިފަ އެވެ.
އެ ވޯޓުގައި ސަރުކާރުގެ އެއްވެސް ސްޓޭންޑެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއިރު، ވަކި ކައުންސިލެއް އޮންނަން ޖެހޭކަން ދޭހަވާ ގޮތަށް މުއިއްޒު ވެސް ވަނީ ކެމްޕެއިން ކުރައްވައިފަ އެވެ.
މެންބަރު ދީދީގެ އިތުބާރު ނެތްކަމުގެ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި މެންބަރު ދީދީގެ އިތުބާރު ނެތްކަމުގެ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ