ލައިވް މިއުޒިކް ޝޯއަކާއެކު، އުރީދޫއިން ޕްރީއޯޑާކުރި ކަސްޓަމަރުންނަށް އައިފޯން17 މިރޭ ހަވާލުކުރަނީ

ލައިވް މިއުޒިކް ޝޯއަކާ އެކީ، ޕްރީއޯޑާކުރި ހުރިހާ ކަސްޓަމަރުންނަށް މިރޭ އެންމެ ފަހުގެ އައިޕޯން 17 ދޫކުރަން ފަށާނެކަން އުރީދޫން ހާމަކޮށްފިއެވެ. އުރީދޫން ބުނީ، ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި އޮފީހުގައި މިރޭ 9:30 އިން ފެށިގެން 11:30އަށް މިއުޒިކް ޝޯއެއް އޮންނާނެ ކަމަށެވެ. މި ޝޯގައި މޯލްޑިވިއަން އައިޑަލުން މަޝްހޫރުކަން ހޯދި އަބްދުالله ފާލިހު އާދަމާއި ބަޖިއްކޮގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް، އުރީދޫން މައުލޫމާތުދެއެވެ. މި ޝޯ އަށް ފަހު މިރޭ ދަންވަރު 12:01ގެ ފަހުން އައިފޯން 17 އަށް ޕްރީއޯޑާކުރި ކަސްޓަމަރުންނަށް ފޯނު ދޫކުރަން ފަށާނެކަމަށް ވެސް އުރީދޫން މައުލޫމާތުދެއެވެ. އުރީދޫން ބުނީ، މިދިޔަ ހުކުރު ދުވަހުގެރޭ ދަންވަރު 12:01ގައި އައިފޯން 17ގެ ޕްރީއޯޑަރަށް ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ކަސްޓަމަރުން ޕްރީއޯޑަރު ނަގައި ނިންމާފައިވާ ކަމަށެވެ. މިދިޔަ ހަފުތާގައި އެޕަލް ކުންފުނިން ނެރުނު އައިފޯން 17ގެ ޖުމްލަ ހަތަރު މޮޑެލް ނެރެފައިވެއެވެ. އެއީ އައިފޯން 17، 17 އެއާ، 17 ޕްރޯ، އަދި ޕްރޯ މެކްސްއެވެ. މިފަހަރު ނެރުނު އައިފޯން އޭގެ ކުރީގެ ސީރީސްތަކަށް ވުރެ ވަރުގަދަވެ ގިނަ ދުވަހު ގެންގުޅެވޭނެ ކަމުގެ ޔަގީންކަން އެޕަލްއިން ދެއެވެ. އައިފޯން 17 ފަސް ކުލައަކުން ދައްކާލިއިރު، ޕްރޯ މޮޑެލްތަކުގައި މިފަހަރު ހިމެނެނީ ތިން ކުލައެވެ. އެޕަލްގެ އެހެން ފޯނުތަކާ އަޅާ ބަލާއިރު ސީރީސް 17ގެ ފޯނުތަކުގެ ފެށޭ އަގު ބޮޑެވެ. ސަބަބަކީ އާންމުކޮށް އައިފޯން ނެރޭ 128 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ދޫކޮށްލައި 256 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ހިމަނައި މިފަހަރުގެ ފޯނުތައް ނެރެފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ