އޮޑި ދޯނި ފަހަރު ސާފުކުރަން އެއްވަނައިގެ ޔޮޓިކޮންގެ އުފެއްދުންތައް ސީ ގިއާ އިން

އޮޑި ދޯނި ފަހަރު
ސާފުކޮށް، ޕޮލިޝް ކުރުމަށް އެންމެ ކަމުދާ ޔޮޓިކޮން ބްރޭންޑުގެ އުފެއްދުންތައް ސީ
ގިއާ އިން ވިއްކަން ފަށައިފި އެވެ.
މާކެޓުގައި ގިނަ ބަޔެއްގެ އިތުބާރު ލިބިފައިވާ ޔޮޓިކޮންގެ
ޕްރޮޑަކްޓް ރޭންޖުގައި އޮޑި ދޯނި ފަހަރު ސާފުކުރަން ބޭނުންވާ ހުރިހާ އެއްޗެއް
ހިމެނެ އެވެ. އޭގެ ތެރޭގައި:
ބޯޓްސް ވޮޝް: ޔޮޓިކޮން ބޯޓްވޮޝް އަކީ ޑެކް އަދި ވަތުތެރެ ސާފުކުރުމަށް ބޭނުންކުރާ ސެންޓްރަލައިޒްޑް ހެވީ ޑިއުޓީ ފޯމިއުލާއެއްގެ މައްޗަށް ބިނާކޮށްފައިވާ އުފެއްދުމެއް. ބޯޓު ވޮޝްއަކީ ކޮންމެ ދުވަހަކުވެސް ބޭނުން ކުރެވިދާނެ އަދި ލަކުޑި، ފައިބަރު، ސްޓެއިންލެސް ސްޓީލް، އެލުމިނިއަމް އަދި ހުރިހާ މެޓީރިއަލްއެއްގައި ބޭނުން ކުރެވޭ، %98 ބަޔޯ ޑިގްރޭޑަބަލް، ތިމާވެއްޓާ ރައްޓެހި، ޖަރުމަނު ވިލާތުގެ އުފެއްދުމެއް
ވޮންޑާ ބިލްޖު: ވަތު ތެރޭގައި އެއްވާ ލޮނު ފެނާއި ތެޔޮ އަދި ސިލްޓާއި ކިސަޑު ސާފުކޮށްލެވޭނެ. ފެނަށް ގިރުވައިގެން އަދި ނުގިރުވައި ވެސް ފަސޭހަކަމާއެކު ބޭނުން ކުރެވޭ މި ކްލީނަރަކީ ވަތުގައި އުފެދޭ ވަސް ކަނޑުވާލަން ގިނަ ބަޔެއްގެ އިތުބާރު ލިބިފައިވާ އުފެއްދުމެއް
ފެންޑާ ފްރެޝް: ޖެޓީ އަދި އެނޫންވެސް ދާރަ ފަދަ ތަންތަނުގައި ފެންޑަރު ޖެހުމުން އަރާ ކުލަ އަދި ތެޔޮތައް ސާފުކޮށްލަން ހާއްސަ އުފެއްދުމެއް. ރަބަރު އަދި ވިނީލް ސާފޭސްތަކަށް ވެސް ފެންޑާ ފްރެޝް ކަމުދާނެ
ބްލެކް ސްޓްރީކް ރިމޫވާ: ފެން ފަށަލަ އަދި ފެނުގެ ސަބަބުން އަރާ ކަޅު ލައްތައް ފިލުވާލުމަށް ކަމުދާނެ އުފެއްދުމެއް. ސްޕްރޭކޮށްލުމަށް ފަހު ފޮހެލުމުން ހުރިހާ ބާވަތެއްގެ ކުނޑި އާއި ގްރައިމް ސާފުކޮށްލެވޭނެ. މިއީ ފައިބާ ގްލާސް، ޖެލްކޯޓް ފަދަ ސާފޭސްތަކުގައި ބޭނުން ކުރެވޭނެ އުފެއްދުމެއް
ޔޮޓިކޮންގެ ޕްރޮޑަކްޓު ރޭންޖުގައި ޑެކް އަދި ވަތު
ތެރެ ސާފުކުރަން އެންމެ އެކަށޭނަ ބޯޓްސް ވޮޝްގެ އިތުރުން ހުރިހާ ވައްތަރެއްގެ
މެޓަލް ސާފުކުރުމަށް ކަމުދާނެ މެޓަލް ޕޮލިޝް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ޖެލްކޯޓު،
ޕްލާސްޓިކް އަދި ވަރުނީސް ލާފާއި ހުންނަ ތަންތަނުން ފަސޭހަކަމާއެކު ދަބަރު ފިލުވާލެވޭނެ ރަސްޓް
އެންޑް ސްޓެއިން ރިމޫވާ ވެސް ޔޮޓިކޮންގެ އުފެއްދުންތަކުގެ ތެރޭ ހިމެނެ އެވެ.
ޔޮޓިކޮން ގެ މެރިން ޕޮލިޝް އަކީ ފައިބާ ގްލާސް،
ޖެލްކޯޓް އަދި ދަވާދުލާފައި ހުންނަ ސާފޭސްތަކަށް ހާއްސަ އުފެއްދުމެކެވެ. ކުލަ
ފަނޑުވުން އަދި އޮކްސިޑޭޝަން އަށް މިއީ ދާއިމީ ފަރުވާ އެކެވެ.
މީގެ އިތުރުން ހުރިހާ ބާވަތެއްގެ ފައިބާ ގްލާސް،
ޖެލްކޯޓު އަދި ދަވާދަށް އަރާ ރީނދޫ ކުލަ ފިލުވާލަން ޔޮޓިކޮންގެ އެންޓި ޔެލޯއިޝް ކަމުދާނެ އެވެ.
ހާއްސަކޮށް ދިރުނބާ ކޮޅަށް އަރާ ހަޑި ރީނދޫ ކުލަ ގަނޑާއި ފެނުގައި ޖެހޭ ހިސާބުން
ދުންހޮޅީގެ ސަރަހައްދަށް އަރާ ދަމިލަ ވެސް މިއިން ކަނޑުވާލާނެ އެވެ.
އޮޑި ދޯނި ފަހަރުގެ ކުޑަ ދޮރުތަކާއި ބިއްލޫރި
އެތެރެ އާއި ބޭރުން ސާފު ކޮށްލަން ކަމުދާނެ ކްލިއާ ވިންޑޯ އަކީ ވެސް ޔޮޓިކޮންގެ
ޕްރޮޑަކްޓު ރޭންޖުގައި ހިމެނޭ އުފެއްދުމެކެވެ. ކްލިއާ ވިންޑޯގައި ބޭނުންކޮށްފައި
ވަނީ ވާރޭ ވެހޭއިރު ކުޑަ ދޮރާއި ވިންޑް ޝީލްޑުގައި ފެން ހަރުލުން ދުރުކޮށްދޭ
ފޯމިއުލާ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ