އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވާ، ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނުގެ ޓްރެއިނިން ކޭމްޕެއް ރާއްޖޭގައި ފުރިހަމަ ކުރަމުންދާއިރު، އެ ކޭމްޕްގެ ތެރެއިން ކުޅޭ އެކުވެރިކަމުގެ ދެ ވަނަ މެޗުގައި މިރޭ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ކުޅޭނެ އެވެ. .
މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެރޭގަ އެވެ. ފަލަސްތީން ޓީމުން ވަނީ އެ މެޗުން 6-0 އިން މޮޅުވެފަ އެވެ. މިރޭގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ، 20:30 ގަ އެވެ.
ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރާ ދެ މެޗުގައި ސްވެނިއާ ޓިކެޓް ވިއްކުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ކޮންމެ މެޗެއްގައި ވެސް ވިއްކާނީ ސްވެނިއާ ޕްލެޓިނަމް 50 ޓިކެޓާއި ސްވެނިއާ ގޯލްޑް 200 ޓިކެޓް އެވެ. ސްވެނިއާ ޕްލެޓިނަމް ޓިކެޓަކީ ވީވީއައިޕީ ރޮސްޓްރަމް އިން ޖާގަ ލިބޭ ގޮތަށް 1000 ރުފިޔާ އަށް ވިއްކާ ޓިކެެެޓެެވެ. އަދި، ސްވެނިއާ ގޯލްޑް ޓިކެޓަކީ ވީއައިޕީ ގޮނޑިބަރިން ޖާގަ ލިބޭ ގޮތަށް 500 ރުފިޔާ އަށް ވިއްކާ ޓިކެޓެވެ.
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ފަލަސްތީނުގެ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް/ އަދަދު ސްޕޯޓްސް
އެ ގޮތުން، ސްވެނިއާ ޓިކެޓް ބަލައިގެންފައިވާ ފަރާތަކަށް ބަލާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ކްލަބްތައް ހިމެނެ އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ، ފަލަސްތީނުގެ ޓީމުގެ މުޅި ޑެލިގޭޝަންގެ ހަރަދުތަކަށް ސަރުކާރުން 546،000 ހަމަޖައްސާފައިވާ ކަމަށެވެ. އަދި، ޑެލިގޭޝަނުގެ ކަންކަން ހަމަޖެއްސުމަށް 16 މެމްބަރުން އެކުލެވޭ ޓާސްކްފޯހެއް އެކުލަވާލައިފައިވާ ކަމަށެވެ. އެ ގޮތުން، އެކުލަވާލި މި ޓާސްކްފޯހުގައި ހިމެނެނީ، ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން، އެފްއޭއެމާއި ފުލުހުންނާއި އެމްއެންޑީއެފްގެ އޮފިޝަލުންނެވެ.
ރާއްޖޭގެ ކޭމްޕް ނިންމާލުމަށް ފަހު، ފަލަސްތީން ޓީމުން ކޮލިފައިން މެޗުތައް ކުޅެން ދާނީ މި މަހު 19 ވަނަ ދުވަހު އިންޑިއާ އަށެެވެ. އިންޑިއާގެ އަހުމަދުއާބާދުގައި ހޯސްޓްކުރާ ކޮލިފައިންގައި، ފަލަސްތީނުން ކުޅޭނީ އިންޑިއާ، އިރާން، ޗައިނީސް ޓައިޕޭ އަދި ލެބަނަންއާ ދެކޮޅަށެވެ. ރާއްޖޭގެ ކޮލިފައިން މެޗުތައް، ތައިލެންޑުގައި ކުޅޭއިރު، މި ދެ ގައުމުގެ އިތުރުން، ދެން އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމެނިސްތާން، ކުވެއިތު އަދި މޮންގޯލިއާ އެވެ.
ރާއްޖެ އާއި ފަލަސްތީނުުގެ ޒުވާން ޓީމު ކުޅޭ ދެ ވަަނަ މެޗު މިރޭ ރާއްޖެ އާއި ފަލަސްތީނުުގެ ޒުވާން ޓީމު ކުޅޭ ދެ ވަަނަ މެޗު މިރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ