މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ހިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށާއި، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކުރެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކަށާއި، މަސްވެރި އުޅަނދުތަކަށާއި، ކުންފުނިތަކަށާއި، މަސްވެރީންނަށް އިނާމު ދީފިއެވެ.
ރޭ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ބޭއްވީ ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްގީއާ ގުޅުންހުރި ބައެއް މަސައްކަތްތައް އިފުތިތާހުކޮށް، މުހިންމު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
އެގޮތުން، ކަނދޮޅުދޫގައި މަސް ކިރޭނޭ ރަނގަޅު ފެސިލިޓީއެއް، ކޯލްޑް ސްޓޯރޭޖާއި ފާނައިގެ ޚާއްޞަ ފެސިލިޓީއަކާއެކު ގާއިމުކުރުމުގެ އެއްބަސްވުމުގައި ރޭ ވަނީ ސޮއިކުރައްވާފައެވެ. އަދި އައިސް ޕްލާންޓްތަކުގައި އައިސް ހުރި މިންވަރު ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ފަސޭހައިން ބަލާލެވޭނޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮޑިއުލް އާއި، ބޭންކް އޮފް މޯލްޑިވްސް “މަސްވެރިޔާ ޕޯޓަލް” އާއި، “ފްރޮމް މޯލްޑިވްސް” ބްރޭންޑްގެ ވެބްސައިޓާއި، މިފްކޯގެ “މަސް ކިރާ” އެޕްލިކޭޝަން އަދި ދިވެހިރާއްޖޭގައި އެންވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އާލާކުރުމުގެ ޕްލޭން ވަނީ އިފުތިތާހުކޮށްފައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރައްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައެވެ. މި ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމުގެ ގޮތުން އެ ރަށުގައިވަނީ، މަސްވެރިންގެ ގުންޒަރެއްވެސް ހިމެނޭހެން، މަސްވެރި ސިނާއަތާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސްގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި މުޖުތަމައެއް ބިނާކުރަންޖެހޭ: ރައީސް ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ދާއިރާއިން، މުހިންމު ދުވަސްތަކެއް: ރައީސް މަގޫދޫ އެއާޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ