ގިނަބައަކަށް ތައުބާވެ ހެޔޮޢަމަލުކުރަން ފުރުޞަތު ނުލިބި ނުބައި ނިމުމެއްގަ ދުނިޔެއާ ވަކިވާންޖެހޭ ސަބަބު-

އަހުރެން މިބުނަނީ ތިބާއަށް ވަރަށް ފައިދާކުރާނެ ވާހަކައެކެވެ. އެންމެ ބޮޑަށް ފައިދާކުރާނެވެސް ވާހަކައެވެ. އަޑުއަހާފައި އަމިއްލައަށް ގޮތެއް ނިންނާށެވެ. ތިބާގެ ނިމިދިއުމާއި އަދި އާޚިރަތާއިވެސްމެދުގައެވެ. 
ތިބާ ދުނިޔެއިން ނުކުންނާނީ ނުވަތަ މަރުވާނީ ތިބާ ދުނިޔޭގައި އުޅުނު ގޮތެއްގެ މަތީގައެވެ. އަދި ޤިޔާމަތްވުމުން ތިބާ ކައްވަޅުން ތެދުވާނީ ތިބާ ދުނިޔޭގައި އެންމެ ފަހުން އުޅުނު ގޮތުގެ މަތީގައެވެ. އެންމެފަހުން ކުރި ޢަމަލުމަތީގައެވެ.  
ވީމާ ތިބާ ދުނިޔޭގައި ކުރަމުން އައި ފާފަތައް ކުރުން ހުއްޓާނުލާނަމަ ތިބާ މަރުވާނީ އެފާފައެއް ނުވަތަ ފާފަތަކެއް ކުރުންމަތީފައެވެ. އެކަމުގެ ނަތީޖާއަކަށްވެގެންދާނީ ތިބާއެންމެފަހުން ކުރި ފާފަ މަތީގައި ކައްވަޅުންތެދުވަންޖެހުމެވެ.  
މިކަންކަން އެނގެން އޮތްއިރު ފާފަކުރުނަމަތީގައި ދެމިހުންނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ މަރުވާނެ ވަޤުތު އެނގެނީ ކާކަށް ހެއްޔެވެ؟ މިއަދުވެސް މަރުވެއްޖެނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟  
ވީމާ ފަހުން ތައުބާވާން މަޑުނުކުރާށެވެ. ފާފަކުރުން އަވަހަށް ހުއްޓައިލާށެވެ. އަވަހަށް ތައުބާވެ ﷲ ތަޢާލާއަށް ކިޔަމަންތެރިނ އެކަލާނގެ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ މަރުނުވަން މަސައްކަތްކުރާށެވެ.
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ