ދޮންފަނު ބިން ހިއްކާ ދޭން ވައުދުވެ ޕްރޮޖެކްޓް ބަޔަކާ ހަވާލުކުރި އިރު ޖެހިގެން އޮތީ ހަނިފަރުބޭ ކަމެއް ބުރާންތި ކަމުން މުއިއްޒަކަށް ނޭނގެއެވެ. ހަނިފަރުބޭ އަކީ ޔުނެސްކޯ ބަޔަސްފިޔާ ރިޒާވެއް ކަމެއްވެސް އެފަކީރަށް ނޭނގެނީތާއެވެ.
ހަނިފަރުބޭ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ނަން ހިނގާ ގުދުރަތީވެށިކަން މުއިއްޒަށް އެނގޭހެނެއް ހިޔެއްނުވެއެވެ. ދުނިޔޭގެ އެންމެ ނަންހިނގާ މަންތާ ވެށީގެ ވާހަކަ މުއިއްޒަށް އަޑުވެސް ނީވެނީތާއެވެ. ހަނިފަރުބޭ ޢަާއި ގުޅޭ ކުޑަވެސް މައުލޫމާތެއް ހުރިނަމަ ދޮންފަނުގެ ބިންހިއްކަން ހިތަށްވެސް ނޭރީހެވެ.
އަނެއްކޮޅުން ދޮންފަނުފަރުގެ ގުދުރަތީ މުއްސަދިކަމާއި މުޅި އެ ސަރަހައްދުގެ ވެށީގެ ނާޒުކު ކަމުގެ ކުޑަވެސް ހަބަރެއް މުއިއްޒަށް ލިބިފައި އޮތްނަމަ ދޮންފަނު ރައްޔިތުންނަށް ބިންހިއްކާ ދޭނެކަމުގެ ޔަގީންކަމެއް ނުދިނީހެވެ. ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތުގައި އެ ސަރަހައްދުގެ މުހިންމުކަން ކުޑަކޮށްވެސް މުއިއްޒަށް ވަޒަން ކޮށްލެވިފައިވާހެނެއް ހިޔެއްނުވެއެވެ.
ކިރިޔާވެސް ތަނެއް ދޮރެއްފިލާ މީހެއްނަމަ ރައްޔިތަކު އަދި އެދުނަސް ކަމެއްގެ ދެކޮޅުނުބަލާ އެދޭހާ ކަމެއް ކުރުމަކަށް ވައުދެއް ނުވާނެއެވެ. ކުޑަމިނުން އެންވަޔަމެންޓް އިމްޕެކްޓް އެސިސްމެންޓް (އީއައިއޭ ) ނުހައްދާ ދޮންފަނު ބިން ހިއްކާ ދޭކަށް ވައުދެއް ނުވީހެވެ. ރައްޔިތުންނާއި ގާތުންވެރިކަން ކުރުމަކީ ރައްޔިތަކު އެދޭހާ ގޮތަކަށް އެދޭހާ ކަމެއް ކޮށްދިނުމަށް ވައުދުވެ މަވެތިކަން ދެއްކުމެއް ނޫނެވެ.
ރަސްމާލެ ހިއްކުމާއި ރަސްމާލެ ޓަނަލް އެޅުމާއި މޮނޯރޭލް އެޅުމާއި ހުޅުމާލޭ ހަލިމަގު ސޯލާރ ހަރުތައް ނެގުން ފަދަ ދެއުޅިއެއްނުވާ އެތައް ވައުދެއްވަނީ ވެފައެވެ. ފެން ނުހިފޭ ވައުދުތައް ވެގެން ރައްޔިތުންގެ ކުރިމަތީގައި ފަލީހަތްވެ ރޭވުމެއް ދިރާސާއެއް ނެތި ކުރާން އުޅޭ ކަންކަމުން ސަރުކާރުގެ ގޮފަަޅުކަން ކިތަންމެހާވެސް ރައްޔިތުންނަށް އެގިގެން ދެއެވެ. މުއިއްޒު ރައްޔިތުންނަށް ވާ ވައުދާއި ދައްކާ ވާހަކައަކީ އެއްވެސް ބުރަދަނެއް އިތުބާރެއް އޮންނަ އެއްޗަކަށް ނުވެއެވެ. ދޮންފަނު ބިން ހިއްކުމުގެ ވައުދުވެސް ވެގެން އެދިޔައީ ދޮންފަނާއި އެނޫން އެހެން ރަށްރަށުގެ މީހުންގެ ކުރިމަތީގައި މުއިއްޒުގެ އަގުވެއްޓި އިތުބާރު ގެއްލުނު ކަމަކަށެވެ.
މުއިއްޒު ދައްކާ އެއްވެސް ވާހަކައަކީ ފެންހިފޭ ވާހަކައެއް ކަމަކަށް މިހާރު ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. އަރާހާ ރަށަކުން މީހަކު ބުނާހާ ކަމަކަށް ވައުދު ވަމުންދާ މަރުދޮޅިއަކު ތަރައްގީގެ ދުރުރާސްތާ ޕްލޭނުގެ ވާހަކަ ދައްކާތީ އަންނަނީ ހިންޏެވެ.
ހިތުހުރިކަމަކަށް ވައުދުވަމުން ގައުމީ މާސްޓަރ ޕްލޭނޭ ނުކިޔާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ