"ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާއަތުގައި ކުރުމުން މުޅި ރޭ އަޅުކަން ކުރުންފަދަ" ކަން އެންމެންނަށްވެސް އެނގޭނެއެވެ. އަހުރެން ބުނެދޭން މިއުޅެނީ އެއިގެ އިތުރަށް ލިބޭ ވަރަށް ބޮޑުފައިދާއެއްގެ ވާހަކައެވެ.
ޢަޖުމަ ބަލައިލަންވެސް ތިއައިން އެއްވެސް މީހަކު ނިކަން ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކުރަން ފަށައިބަލާށެވެ! ހިތްވަރުކޮށްގެން ނަމަވެސް އެކަން އާދަކޮށް ކުރަން ފަށައިބަލާށެވެ! އިސާހިތަކު ދަމު ނަމާދަށް އަމިއްލައަށް ހޭލެވެން ފަށާނެއެވެ.
ގިނަ ބައެއްގެ ތަޖުރިބާއިން އެނގެނީ ފަތިސްނަމާދުން ފެށިގެން ނަމާދުތަކަށްރައްކައުތެރިވެ، ޚާއްޞަކޮށް ފަތިސްނަމާދާއި ޢިޝާނަމާދު ޖަމާއަތުގައި ކުރާނަމަ ފަތިސްވުމުގެ ކުރިން ހޭލެވޭކަމެވެ. ނަމަވެސް އެކަމަށް ޝަރުޠެއް އޮވެއެވެ. އެއީ އެކަމަށް ނިޔަތްގަނެ އަދި ފޯނު ނުވަތަ ގަޑި ސޯނާކުރުމެވެ.
އެފަދަ މީހުންނަށް ނިދީން ހޭލެވުމުން ތެދުވަން ޝައިޠޯނާ ހުރަސްއަޅާއެޅުން ނައްތައިލުމަށް ކުރަން އޮތް ކަމަކީ ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔަވައިގެން ނިދުމެވެ.
ގޭގައި ނަމާދުކުރާ އަންހެނުން ކުރަންއޮތް ކަމަކީ ވަޤުތު ޖެހުމުން ވީހައި އަވަހަކަށް ނަމާދުކުރުމެވެ.
މިގޮތުން ބައެއް މީހުންނަށް ފަތިސް ނަމާދުގެ ކުރިން ދަމު ނަމާދުކޮށްލާނެ ވަގުތު އޮއްވައި ހޭލެވެން ފަށާނެއެވެ. އަނެއް ބައަކަށް ހަމަ މާކުރިންވެސް ހޭލެވެން ފަށައެވެ. މިއީ ވަރަށް ބޮޑަށް ތަޖުރިބާވެސް ކުރެވިފައިވާ ކަމެކެވެ. ހިންމަވައިދެއްވެވުން ވަނީ އެމީހަކު އެކަމަށް އެދޭ މިންވަރަށާއި ކުރާ މަސައްކަތުގެ މައްޗަށެވެ.
"ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާއަތުގައި ކުރުމުން މުޅި ރޭ އަޅުކަން ކުރުންފަދަ" ކަމަށް އޮތުމަކީ ދަމު ނަމާދު ނުކުރަންވީ ސަބަބެއް ނޫނެވެ.
"ޢިޝާ ނަމާދު ޖަމާއަތުގައި ކުރުމުން ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަޅުކަން ކުރި ފަދަ" ކަމަށާއި އަދި ހަމައެމީހާ "ފަތިސް ނަމާދު ޖަމާއަތުގައި ކުރުމުން މުޅި ރޭއަޅުކަން ކުރި ފަދަ" ކަމަށް އޮތް އޮތުމުގެ މާނައަކީ ދަމު ނަމާދުކޮށް އެކަމުން ލިބެން އޮތް އިތުރު ބޯނަސް ހޯދަން މަސައްކަތް ނުކުރުމެއް ނޫނެވެ. ހެޔޮ ކަމުގެ ފަތަށް ވީހައި ގިނަ ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
ޢިޝާ ނަމާދުކުރުމަށްފަހު ރޭގެ އެއްބައިގައި އަޅުކަން ކުރެވުނީ ކަމަށާއި އަދި ފަތިސް ނަމާދުވެސް ކުރެވިއްޖެ ނަމަ މުޅި ރޭ އަޅުކަންކުރެވުނީ ކަމަށް ބަލައި ނިންމާލައިގެން ނުވާނެއެވެ. ރަވާތިބު ސުންނަތާއި ވިތުރި އާއި ދަމުނަމާދު ކުރަން ޖެހޭނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޖަމާޢަތުގަ ފަތިސްނަމާދާ ޢިޝާނަމާދުކުރާ މީހުންނަށް ލިބޭ އެންމެ ބޮޑު ފައިދާ އެނގޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ