ފޭދޫ ރައްޔިތުން ނިންމީ ބުއްދިވެރި ނިންމުމެއް: ފައްޔާޒު
އައްޑު އަތޮޅު ފޭދޫގެ ބޮޑު މެޖޯރިޓީއަކުން، އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ދެމިއޮތުމަށް ނިންމި ނިންމުމަކީ ވަރަށް ހިކުމަތްތެރި ދުރުވިސްނޭ ވިސްނުމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ފޭދޫގެ ރައްޔިތުން ނިންމީ ވަރަށް ބުއްދިވެރި އަދި މުހިންމު ނިންމުމެއް ކަމަށާއި އެކަމަށްޓަކާ އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އައްޑޫ އެކީ އޮތުމަކީ މުސްތަޤްބަލަށް އެންމެ އެކަށީގެންވާ އަދި އުންމީދީ މަގުކަން ފޭދޫ ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.ފައްޔާޒު ވަނީ އައްޑޫ ކައުންސިލުން ވަކިވާން ނިންމި ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އިތުރު މިނިވަންކަމާއި ތަރައްޤީއަށް މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.ފޭދޫގެ އިތުރުން، އެ އަތޮޅު ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫއާއި މީދޫގައި ރަށު ކައުންސިލެއް ހެދުމަށް ނެގި ވޯޓު ނިމިގެން ދިޔަ ގޮތަކީ:ފޭދޫގެ ގާތްގަނޑަަކަށް %75 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށްމީދޫގެ ގާތްގަނޑަކަށް %85 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށްހުޅުދޫގެ ގާތްގަނޑަކަށް %69 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށްފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މިއަދު ފެންނަ ނުފެންނަ ވޯޓުގައި އެހީ އެ ރަށް އައްޑޫ ސިޓީ ކައުންސިލުން ވަކިކުރުމަށެވެ. މި ވޯޓުގައި ވޯޓުލުމުގެ ހައްގު 4،368 މީހުންނަށް ލިބުނެވެ.މި ރިފަރެންޑަމްގެ ދާއިމީ ނަތީޖާ އިއުލާނުކުރާނީ މާދަމާ އެވެެ.ސަރުކާރުން މިކަމުގައި ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ރައްޔިތުންގެ މަޖިލީހުގައި ފޭދޫ ތަމްސީލުކުރާ ފޭދޫއަށް ނިސްބަތްވާ ދެ މެންބަރު ކަމަށްވާ އިބްރާހިމް ދީދީ އާއި އިސްމާއިލް ނިޒާރު ކެމްޕޭން ކުރައްވަމުން ގެންދެވީ ފޭދޫ ވަކިކުރުމަށެވެެ.މިއީ ލާމަޒުކަޒީ ގާނޫނަށް އަމަލުކުރަން ފެށިތާ މިވީ 15 އަހަރުގެ ތެރޭގައި ސިޓީ ކައުންސިލެއް ރޫޅާލި ފުރަތަމަ ފަހަރަށެވެ. މި ތިން ރަށް އައްޑޫ ސިޓީ ކައުންސިލުގެ އިހުތިސާސުން ވަކިވިޔަސް، އެ ކައުންސިލަށް ލިބިފައިވާ ސިޓީ ކައުންސިލެއް ލަގަބު ގެއްލިގެން ނުދާނެ އެވެ. ސަބަބަކީ ހިތަދޫގެ އާބާދީ އެކަނި ވެސް 17،000 އާ ގާތްކުރާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ