މިއަހަރުގެ ދިރާގު ކަލަންޑަރުގެ ޑިސެންބަރު މަސް، މަސްވެރިކަމަށް ޚާއްސަ
ދިރާގުގެ މި އަހަރުގެ ކަލަންޑަރުގެ ޑިސެންބަރު މަސް ޚާއްސަކޮށްފައިވަނީ ދިވެހި މަސްވެރިކަމަށާއި, ދިވެހިންނާއި ކަނޑާ އޮންނަ ގާތް ގުޅުމުގެ މައްޗަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެކަމުގެ މައްޗަށް ބިނާކޮށް ދިރާގުން ވަނީ ޚާއްސަ ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ. މި ވީޑިއޯގެ ޒަރިއްޔާއިން ކަނޑު މަހާ، ދިވެހިންނާ އޮންނަ ގުޅުމާ ގުޅޭ ގޮތުން ޝައުގުވެރިކުރުވާ ކަހަލަ މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ. https://x.com/Dhiraagu/status/1998644840095949282 މި ވީޑިއޯގެ ޒަރިއްޔާއިން ވަނީ ކަނޑު މަހާ ގުޅުންހުރި ޝައުގުވެރި ބައެއް މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން ހަމައެކަނި ފަރުމަހަށް ބަރޯސާނުވެ، މާ ކަނޑަށް ނުކުމެ، އަމިއްލަ އުޅަނދުފަހަރު ބަނދެ، އެންމެ ބާރު ދުވެލީގެ މަހުގެ ބާވަތެއް ކަމަށްވާ ކަނޑުމަސް ބާނަން ދިވެހީންގެ ތެރޭގައި ފެށުނީ ކާބަފައިންގެ އަޒުމާއި ހިތްވަރުގެ ސަބަބުންކަން ފާހަގަކޮށްފައިވެއެވެ. އަދި، ދޮށި އަޅައިގެން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގައި ކުރަންމުންދާ މަސްވެރިކަމުގެ ތެރެއިން އާންމުކޮށް ބާނާ މަހުގެ ވައްތަރުތަކުގެ މައުލޫމާތު ވެސް މި ވީޑިއޯގެ ޒަރިއްޔާއިން އެނގިގެންދެއެވެ. ދިރާގުގެ 'މިނިވަންކަން މަތީ އަބަދަށް' 2025ގެ ކަލަންޑަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ. ދިރާގުން ބުނި ގޮތުގައި މި ކަލަންޑަރުގެ ކޮންމެ މަހެއް ވެސް ޚާއްސަކޮށްފައިވަނީ ދިވެހި ސަގާފަތާއި އާދަކާދަތަކާ ގުޅުވާފައިވާ، ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނަކަށެވެ. ދިރާގުން ދަނީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވާ އާލާކުރުމަށް މުހިންމު އިސްކަމެއް ދީގެން މިފަދަ ކަންކަމަށް އާންމުން ޝައުގުވެރިކުރުމަށް މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ