ވެލިދޫ ދާއިރާގެ ރަށްތައް (ވެލިދޫ،ފޮއްދޫ، ޅޮހީ)ގައި ފަށާފައިވާ ޒުވާނުންނާ ގުޅުން ހުރި މަޝްރޫއުތައް އަވަސްކޮށް ދިނުމަށް ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ދަންނަވައިފި އެވެ.
މެންބަރު މުހައްމަދު މިނިސްޓަރު މަހުލޫފްއާ ބައްދަލު ކުރެއްވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މިނިސްޓްރީގަ އެވެ.
އެ ބައްދަލުވުމަށް ފަހު މެންބަރު ވިދާޅުވީ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ މިހާރު ވެސް ލަސްވެފައިވާ ވެލިދޫގެ ފުޓްބޯޅަދަނޑުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނާއި ޅޮހީ ފުޓްބޯޅަދަނޑު ތަރައްގީކުރުން އަދި ފޮއްދޫ ވޮލީކޯޓް ތަރައްގީކުރުމުގެ މަސައްކަތް އަވަހަށް ނިންމުމާ ގުޅޭ ގޮތުން ކަމަށެވެ.
މެންބަރު ވިދާޅުވި ގޮތުގައި ވެލިދޫ ދާއިރާގައި ހިންގަން ރާވާފައި ހުރި ކަންކަމުގެ އަމަލީ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ފެށި ކުރިއަށްދާނޭ ކަމުގެ އުންމީދު މިނިސްޓަރު މަހުލޫފް ދެއްވި ކަމަށެވެ. އަދި ވެލިދޫ ދާއިރާގެ މަޝްރޫއުތަކަށް މިނިސްޓަރު މަހުލޫފް ދެއްވާ އަހަންމިއްޔަތު ކަމަށް މެންބަރު މުހައްމަދު ވަނީ މިނިސްޓަރަށް ޝުކުރު ދަންނަވައިފަ އެވެ.
ވެލިދޫ ދާއިރާގެ މަޝްރޫއުތައް އަވަސްކޮށްދޭން ޔޫތް މިނިސްޓަރަށް ދަންވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ