ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

ސިވިލް ކޯޓުގެ އިސް ގާޒީ ގާޒީ އަހުމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި އެވެ.
ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ދޭ ދަންވަރު 1:00 ހާއިރު އެވެ. ނިމާލް އަވަހާރަވީ އިރު، އުމުރަކީ 36 އަހަރެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ ސިވިލް ކޯޓުގެ އިސްގާޒީ އަވަހާރަވުމާ ގުޅިގެން ޝަރުއީ ދާއިރާގެ ދިދައާ ބެހޭ ގަވާއިދުގެ ދަށުން މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ނިންމަވާފައިވާ ކަމަށެވެ.
ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރީ މިދިޔަ މާޗް މަހު އެވެ. އޭނާ އިސްގާޒީ ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ