ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން ޑިމޮކްރެޓްސް ޕާޓީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އަވަސް ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އެއްބަސްވެފައިވާކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ =އެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއާ މެދު ހިތްހަމަނުޖެހި އެމްޑީޕީގެ ބައެއް މެންބަރުން ހާޒިރީގައި ސޮއި ކުރެއްވި ނަމަވެސް ވަނީ މަޖިލީހުގެ ތަޅުމަށް ވަޑައިގަންނަވަން އިންކާރުކޮށްފައެވެ. މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ގިނަ މުހިންމު މަސައްކަތްތަކެއް ހުއްޓިފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި ބަރުލަމާނީ ގަރާރުގެ މައްސަލަ އަވަސް ކުރަން ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގަތުމާއި ގުޅިގެން އެކަމުގެ މަޝްވަރާ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާ ވަނީ ކުރައްވާފައިވާފައެވެ.
އަދި އެ މަސައްކަތް އަވަސް ކުރުމަށް އަސްލަމް އެއްބަސްވެވަޑައިގެންފައިވާކަމަށާއި އެ މަސައްކަތް ވިހާވެސް އަވަހަށް ކުރިއަށް ގެންދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެގޮތަށް އެއްބަސްވެވަޑައިގަތުމުން ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގަރާރަށް މާދަމާ ބަހުސް ކުރާނެ ކަމަށެވެ.
ބަރުލަމާނީ ގަރާރު އަވަސްކުރަން އެމްޑީޕީން ވަނީ އެއްބަސްވެފައި: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ