އެމަނިކުފާނުގެ ވެރިކަމެއްގައި އެކި ބަލިތަކަށް ފަރުވާ ހޯދުމަށް ސޯޝަލް މީޑިއާގައި އެހީއަށް އެދުން ނިމުމަކަށް ގެނެސްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ގައުމީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހީމް ވައުދުވެވަޑައިގެންފިއެވެ.
ގާސިމްގެ ރިޔާސީ ކެމްޕެއިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ރައްޔިތުންނަށް ބޭސްފަރުވާ ދިނުމުގެ ބަދަލުގައި ސަރުކާރުން އެ ކުންފުނިތަކުން ވެސް ކުރަނީ ވައްކަން ކަމަށެވެ.
ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ އެތައް ބަޔަކު އެހީއަށް އެދި ސޯޝަލް މީޑިއާގައި އެހީއަށް އެދޭ މަންޒަރު ފެނުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. އަދި މި ވެރިކަމުގެ ސަބަބުން ރައްޔިތުން އަޅުވެތިކަމުގެ ތެރެއަށް ވެއްޓި ހަލާކުވެގެން ދާ މަންޒަރު ދެކެން ލަނގޮޑިއަށް ކެތް ނުވާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މީގެކުރިންވެސް އެފަދަ ޕޯސްޓްތައް ސޯޝަލް މީޑިއާއިން ފެނުމުން، އެހީއަށް ބޭނުންވާ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުން އެ ހާލުގައި އުޅެން ނުޖެހޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އެންސްޕާއާ އާސަންދައިން ވަކި ބަޔަކަށް މިއަދުވެސް 40 ހާސް ޑޮލަރުން ފައިސާ ދޭ ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެހީއަށް ބޭނުންވާ ކުއްޖާއަށް އެ އެހީ ފޯރުކޮށްދިނުމަށް އެ ފައިސާ ޚަރަދު ނުކުރަނީ ކީއްވެތޯ އެނަިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ވެރިކަމަށް އައުމުގެ ކުރިންވެސް އަދި އޭގެ ފަހުން ވެސް ބަލި މީހަކަށް އެހިއެއް ވެދީފައި ނުވުމަކީ ލަދުވެތި ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީ އާއި ރައްޔިތުންގެ ފައިސާއިން އަމިއްލަ ޖީބުތަކަށް ގިނަ ކުރަން އުޅޭ ވެރިން މިއަދު ގައުމު ދެކެން ބޭނުން ނުވާކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ، ވޯޓު ލުމުގައި ބަލަންވީ އަބަދުވެސް ރައްޔިތުންގެ މަސްލަހަތު އިސްކުރާ، ރައްޔިތުންނަށް އަހައްމިޔަތުކަން ދެއްވާ ބޭފުޅެއް ކަމަށެވެ.
ބޭސްފަރުވާއަށް ސޯޝަލް މީޑިއާގައި ސަލާން ޖެހުން ނިމުމަކަށް ގެންނާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ