ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައިސް އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މައްސަލައިގައި އޭނާއަށް ޖަވާބުދާރީވާން 10 މިނެޓުގެ ފުރުސަތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.
އެމްޑީޕީގެ ފަރާތުން 20 މިނެޓުގެ ފުރުސަތެއް ނާޒިމަށް ޖަވާބުދާރީވާން ދިނުމަށް ހުށަހެޅި ނަމަވެސް، އެ ހުށަހެޅުމަށް ތާއީދެއް ނުލިބުނެވެ.
ވީ ކިހިނެއް؟ - ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށްޓަކައި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ ހަފްތާގައި ޕީއެންސީގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން:
މިފަދަ މައްސަލަތަކުގައި ބަހުސް ކުރާނެ ވަގުތު ކަނޑައެޅުމުގެ ބާރު އޮންނަނީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އާންމު ކޮމިޓީއަށް
އެހެންވެ، އެ ޖަލްސާގެ ކުރިން މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ބަހުސްގެ ވަގުތުތައް ކަނޑައަޅާފައިވޭ
ތަފްސީލު - މަޖިލީހުގެ އެހެން ކޮމިޓީތަކެކޭ އެއްގޮތަށް އާންމު ކޮމިޓީގައި ވެސް އޮންނަނީ ޕީއެންސީގެ ފުރަހަމަ އަގުލަބިއްޔަތެވެ. މިއަދުގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ އެ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ބަހުސްގެ ވަގުތު ކަނޑައެޅުމާ ގުޅޭ ގޮތުން މެންބަރުންގެ ހިޔާލަށް ހުޅުވާލުމުން:
ކޮމިޓީގެ ނައިބު މުގައްރިރު، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސަތާރު މުހައްމަދު ހުށަހެޅުއްވީ މި ބަހުސްއަށް ޖުމްލަ 1 ގަޑިއިރު ކަނޑައެޅުމަށް
އެއީ ނާޒިމަށް ޖަވާބުދާރީވެވަޑައިގަތުމަށް 10 މިނެޓު އަދި މެންބަރުންނަށް 50 މިނެޓު
މި ހުށަހެޅުމަށް ތާއީދު ކުރައްވީ ދުވާފަރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަލީ
އެ ހުށަހެޅުން ފާސްވީ، ހާޒިރުވި 7 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ތާއީދާ އެކު އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.
ތަފްސީލު އަންނަނީ...
ނާޒިމަށް ޖަވާބުދާރީވަން 20 މިނެޓު ދޭން ވެސް ޕީއެންސީން ބޭނުމެއް ނުވި؛ ފާސްވީ 10 މިނެޓު ދޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ