ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގެ އިތުރު ފުރުސަތުުތައް ހުޅުވިގެންދާނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި އެއްބަސްވުމަށް އަމަލު ކުރަން ފަށާފައިވާއިރު، މިއީ މިނިިސްޓްރީންވެސް ނުހަނު މަރުޙަބާ ކިޔާ ބަދަލުތަކެއް ކަމަށެވެ. އެގޮތުން މި އެއްބަސްވުމަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިޤްތިސާދީ ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ ދާއިރާގެ އިތުރު ފުރުސަތުުތައް ހުޅުވިގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ މަހުގެ އުުފެއްދުންތަކުގެ ވިޔަފާރިވެސް އިތުރަށް ކުރިއަރައިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްވެރިިކަމުގެ ހުރިހާ އުފެއްދުންތަކެއް ހެން މި އެއްބަސްވުމާއެކު ސުން ޓެކުހުގައި އެކްސްޕޯޓު ކުރެވޭނެކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އަދި މަހުގެ ބާވަތްތައް ރީއެކްސްޕޯޓު ކުރުމަށްވެސް ފަސޭހަވެގެން ދެއެވެ.
މީގެ އިތުރުން، މި ބަދަލުތަކާއެކު ޗައިނާގެ ވިޔަފާރިތަކަށް ރާއްޖެއިން ”ސީފުޑް“ ހޯދުމަށްވެެސް ފަސޭހަވެގެންދާނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ޗައިނާއާއެކު ވެފައިވާ އެއްބަސްވުމާއެކު މަސްވެރިކަމުގެ ދާއިރާގެ އިތުރު ފުރުސަތު ފަހިވާނެ: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ