ބުކިންގ ޑޮޓްކޮމް ނަމުގައި ސްކޭމް މެސުޖުތަކެއް ދައުރުކުރަނީ

ރިފަންޑް ދޭންކަމަށް ބުނެ ބުކިންގ ޑޮޓްކޮމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ.
އެންޓި ސްކޭމް ސެންޓަރުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބުކިން ޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލުމަށް އައު ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށެވެ. އަދި އެ މެސެޖުތަކަކީ ރީފަންޑެއް ދޭންކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިން ލިންކުތަކެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ