ކުރީގެ ހަ ރައީސުންނަށް ހިދުމަތް ކޮށްދެއްވި ދޮންނަ ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ 6 ރައީސުންނާއެކު އިޚްލާސްތެރިކަމާއެކު މަސައްކަތްކުރެއްވި އިބްރާހީމް ހަލީމް (ދޮންނަ) ނިޔާވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަލީމް ނިޔާވުމުގެ ހިތާމައިގައި އެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.
ރައީސްގެ މެސެޖުގައި ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އިހުލާސްތެރި ހިދުމަތުގެ ބޮޑުބައެއް ހަލީމް ހޭދަކުރެއްވީ މުލީއާގޭގަައި ކަމަށާއި ކުރީގެ ހަ ރައީސުންގެ އަރިހުގައި، ކަމޭހިތުމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކޮށްދެއްވައިފައިވާ ކަމަށް ވިދާޅުވި އެވެ.
ދޮންނަގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ 11:00 ގައި އާސަހަރާ މިސްކިތުގައެވެ.
ހަލީމް، ސަރުކާރުގެ ހިދުމަތް ފެށްޓެވީ 5 ޖުލައި 1971 ގައި އެޓާނީ ޖެނެރަލް އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. އޭގެ ފަހުން ޕްރައިމް މިނިސްޓަރުގެ އޮފީހާއި ގަވަރުމަންޓް ހޮސްޕިޓަލާއި ރައީސްގެ އޮފީހުގެ ޕިޔޯނުކަން ކުރައްވާފައިވެ އެވެ.
ހަލީމް މުލިއާގޭގައި ހިދުމަތް ކުރައްވަން ފެށްޓެވީ 12 ފެބުރުވަރީ 1977 ގައެވެ. މުލީއާގޭ ފަރީއްކޮޅު ބަހައްޓާ ކަމާއި ރިޔާސީ ގަނޑުވަރުގެ ސުޕަވައިޒަރު ކަމާއި ޖެނެރަލް ސާވިސަސް އޮފިސަރު ކަމާއި ޖެނެރަލް ސާވިސަސް ސުޕަވައިޒަރު ކަމާއި ހެޑް ވީއައިޕީ ވެއިޓަރު ކަމާއި ޗީފް ވީއައިޕީ ވެއިޓަރުކަން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ