އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުސް އޮފިސަރަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަހުގެ 1 ވަނަ ދުވަހު ހުށަހެޅުނު މި މައްސަލައިގެ ތުހުމަތުގައި، މި ޖޫން މަހުގެ 7 ވަނަ ދުވަހު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ފުލުހެކެވެ.
އޭނާ ހައްޔަރުކުރި ދުވަހުން ފެށިގެން، މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ޝަކީބް ޔޫސުފްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.
މި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާއިރު، އޭނާއާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުންވެސް ދަނީ ވަކިން ބަލަމުންނެވެ.
އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުސް އޮފިސަރު ހައްޔަރުކޮށް، މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ