ޙައްޖުވެރިންނަށް ޙާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރި ފްލޫ ކްލިނިކްގެ ހިދުމަތް ދެމުން އަންނަ ވަގުތުތައް އިތުރުކޮށްފިއެވެ.
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ފްލޫ ކްލިނިކްއިން ޚިދުމަތް ލިބޭނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ކްލިނިކް ގާއިމްކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ މައި ކައުންޓަރާ ދިމާލުގައެވެ. ޚިދުމަތް ހޯދުމަށް ދާ ޙައްޖުވެރިން ހިދުމަތް ހޯދުމަށް ދާންވާނީ މާސްކު އަޅައިގެން އައުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޙައްޖުވެރިންނަށް މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް، ކެއްސައި، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެ އޭޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރުގެ ޙައްޖު މޫސުމުގައި ރާއްޖެއިން ދިޔަ އެންމެހާ ޙައްޖުވެރިން މިހާރު ވަނީ ރާއްޖެ އައިސްފައެވެ. މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވިއެވެ.
ހައްޖު ފްލޫ ކްލިނިކުން ހިދުމަތް ދޭ ވަގުތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ