ދިވެހި ރަހަތައް "ވޯލްޑްޝެފްސް ކޮންގްރެސް" ގައި އިޝްތިހާރުކޮށްފި

ދިވެހިރާއްޖޭގެ މުއްސަނދި ކާބޯތަކެތީގެ ސަގާފަތާއި ތަފާތު ރަހަތައް ދުނިޔޭގެ ބާޒާރުގައި އިޝްތިހާރު ކުރުމަށްޓަކައި، "ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2026" ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވެއްޖެއެވެ.
މި އެކްސްޕޯގައި ރާއްޖޭގެ އަމާޒަކީ ދިވެހި ސަގާފީ ރަހަތަކާއި، ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކުން ލިބޭ ކެއުންބުއިމުގެ ފުރިހަމަ ތަޖުރިބާތައް ދައްކާލުމެވެ. ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ރީތިކަމާއި ސަގާފީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ކެއުންތަކުގެ އިތުރުން، ލަގްޒަރީ ރިސޯޓުތަކުގެ ޚިދުމަތްތައް ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަމަށް ގެނައުމަކީވެސް މި ދަތުރުގެ މުހިންމު ބައެއްކަމަށް ވިސިޓް މޯލްޑިވްސްއިން ފާހަގަ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ