މަހުދީ ނިޔާވުމަކީ ހުރިހާ ރައްޔިތަކަށްމެ ލިބުނު ފުން ހިތާމައެއް: ރައީސް ސްނޯކްލިންއަށް ގޮސްއުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ ޑައިވިނަށް ދިޔަ ތައިލެންޑް އަންހެނަކު ނިޔާވެއްޖެ ދިހަ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި މަގުބޫލު ލިޔުންތައް ފޭ

ވ. އަތޮޅުގައި ސްކޫބާ ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ހަތަރު ޓޫރިސްޓުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރަކު ނިޔާވި ހާދިސާގެ މިނިވަން ތަހުގީގެއް ކުރުމަށް ސޯޝަލް މީޑިއާގައި އާންމުން ގޮވާލަން ފަށައިފި އެވެ.
މި މަހުގެ 16 ވީ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ އެވެ. މަހުދީ ނިޔާވުމާ ގުޅިގެން، ޓޫރިސްޓުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަން މިހާރު ވަނީ މެދުކަނޑާލާފަ އެވެ.
މި ހާދިސާއާ ގުޅިގެން މަހުދީގެ މަރުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ނުވަތަ ސަލާމަތީ ފިޔަވަޅުތަކުގެ އުނިކަމެއް ހުރިތޯ ބަލަން ތަހުގީގު ކުރުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ބާރުއަޅަމުންނެވެ. ވ. އަލިމަތާ ކައިރީގައި މި މަހުގެ 14 ވީ ބުރާސްފަތި ދުވަހު ޓޫރިސްޓުން ގެއްލުނު ހާދިސާއާ ގުޅިގެން، މޫސުމީ އިންޒާރުތަކާއި ޑައިވިންއާ ގުޅޭ ގަވާއިދުތަކަށް އިހުމާލުވެފައިވޭތޯ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ބެލެވޭ ގޮތުގައި ޓޫރިސްޓުން ފީނާފައިވަނީ ރާއްޖޭގައި މުނިފޫހިފިލުވުމަށް ހުއްދަދޭ 100 ފޫޓަށް ވުރެ ދެގުނަ ފުން، 200 ފޫޓު އަޑީގައިވާ ހޮހަޅައަކަށެވެ.
މި ނުރައްކާތެރި އޮޕަރޭޝަންގެ ތެރެއިން ދިވެހި ޑައިވަރު ނިޔާވި ނަމަވެސް، ގެއްލުނު މީހުން ހޯދުމަށް ބޭރުގެ އެހީތެރިކަން މިހާރު ވަނީ ލިބެން ފަށާފަ އެވެ. އެގޮތުން ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން މިއަދުގެ ހެނދުނު ރާއްޖެ އައިސް، އެމްއެންޑީއެފްގެ ބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. މި ޓީމަކީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި އިޓަލީވިލާތުގެ ސަރުކާރުން މަޝްވަރާ ކުރުމަށް ފަހު އެކުލަވައިލި ޓީމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ