ދައުރުން ބޭރުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މިއަދު ހަވީރު 4:00 ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއަދުގެ މި ބައްދަލުވުން، 04 ޖަހާއިރު އޮންނަކަން ސަންގުއަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އެޖެންޑާ ލިބުމުން، ވެބްސައިޓުގައި އެ ޝާއިއު ކުރާނެ ކަމަށެވެ.
ބެލެވޭ ގޮތުގައި އެޖެންޑާގައި އޮންނާނީ މީޑިއާ ބިލް ފާސް ކުރުމާ މެދުގައި ގޮތެއް ނިންމުމެވެ. މި ބިލު މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ފާސްކުރީ އިއްޔައެވެ. ދެން އޮންނާނީ ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށަހެޅުމެވެ.
މިއީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ.
މިވަގުތުގެވެސް މަޖިލީހުގެ ބޭރުގައި، ބައެއް ނޫސްވެރިން ދަނީމި ބިލާއި ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ.
މިއަދު ބާއްވަން ބުނި ޖަލްސާ ހަވީރު 4 ޖަހާއިރު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ