އެމެރިކާ އާއި އީރާނުގެ ވެރިން ސުލްހަ ވުމަށް އެއްބަސްވެ ސޮއިކޮށްފި
މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ސޮއިކުރައްވައިފި އެވެ.ޓްރަމްޕް އަދި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސޮއިކުރެއްވި 14 ނުކުތާގެ މި އެމްއޯޔޫގައި، ހަމަލާތައް މުޅިން ހުއްޓާލުމާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބްލޮކޭޑްތައް ނައްތާލުމާއި ހިފަހައްޓާފައިވާ އީރާނުގެ މުދާ ދޫކޮށްލުމުގެ އިތުރުން 300 ބިލިއަން ޑޮލަރުގެ އަލުން އާރާސްތުކުރުމުގެ އިންވެސްޓްމަންޓް ފަންޑެއް އުފެއްދުން ހިމެނެ އެވެ.އީރާނުން ވަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު ހޯދަން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އަލުން ދީފަ އެވެ. އަދި އެ ގައުމުގައި ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވް ދަށްކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުރިއަށްގެންދަން އެއްބަސްވެފަ އެވެ.ނަމަވެސް، އީރާނުގެ ބެލިސްޓިކް މިސައިލް ގާބިލުކަން އެ ގައުމުގައި ދެމެހެއްޓުމަށާއި ހިޒްބުއްލޯ ފަދަ ސަރަހައްދީ ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓާލުމަށް އީރާނުން އެއްބަސްވެފައެއް ނުވެ އެވެ.މި އެއްބަސްވުމުގައި ދެ ގައުމުގެ ރައީސުން ސޮއިކުރެއްވި ނަމަވެސް ހުކުރު ދުވަހު ސްވިޓްޒަލެންޑުގައި މިކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވެސް ނިންމާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ