މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ އެއްބަސްވުމުގެ ބައެއް މާއްދާތަކަށް ބަދަލުތަކެއް ގެނެސް މިހާރު އޮތް ގޮތަށް ވުރެ ހަރުކަށިކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަމުންދާ ކަމަށް، އެމެރިކާގެ މީޑިއާތަކުން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފި އެވެ.
މި ބަދަލުތަކާ ހުރެ، ޚިޔާލުތަފާތުވުންތައް ނައްތާލައި ފައިނަލް އެއްބަސްވުމަކަށް އައުން ވަނީ އަދިވެސް ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ގެންނަވަން އުޅުއްވާ ބަދަލުތަކަކީ އެއްބަސްވުމުގެ ޝަރުތުތައް ކުރިއަށްވުރެ ހަރުކަށިކުރުމެވެ. އަދި މި މައްސަލައިގެ މައުލޫމާތު އެނގޭ މީހުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، އާ ބަދަލުތަކާ އެކު އެއްބަސްވުމުގެ އޮނިގަނޑު މިހާރު ވަނީ އީރާނުން ވިސްނުމަށްޓަކައި އެ ގައުމަށް ފޮނުވާފައި ކަމަށެވެ.
މި ބަދަލުތަކުގެ ތަފްސީލެއް އަދި މިއީ ކޮން ކަންތައްތަކެއްކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް "އެކްސިއޯސް" ނޫހުން ބުނެފައިވަނީ، ޓްރަމްޕް ބޭނުންވަނީ އަމިއްލައަށް މުހިންމު ކަމަށް ފެނިވަޑައިގަންނަވާ ބައެއް ނުކުތާތައް އިތުރަށް ވަރުގަދަކުރެއްވުމަށެވެ. އޭގެ ތެރޭގައި އީރާނުގެ ނިއުކްލިއާ މަސައްކަތާ ގުޅޭ މާއްދާތަކާ މެދު އަމަލުކުރާނެ ގޮތް ހިމެނެ އެވެ.
މި އާ ބަދަލުތަކުގެ ސަބަބުން، ދެ ފަރާތުގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް އިތުރު ދުވަސްތަކަކަށް ދިގުލައިގެން ހިނގައިދާނެ އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަކާ އެކު ފެށުނު ހަނގުރާމަ މި ވަގުތަށް އޮތީ އެމެރިކާ އާއި އީރާނާ ދެމެދު ހެދި ވަގުތީ އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލައިފަ އެވެ.
އޭއެފްޕީއަށް އެމެރިކާގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި، މި އެއްބަސްވުން އޮތީ ޓްރަމްޕް ސޮއިކުރައްވަންދެން މަޑުޖެހިފަ އެވެ. ނަމަވެސް ހުކުރު ދުވަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުވުމަށްފަހު ވެސް ޓްރަމްޕު ވަކި ގޮތެއް ނުނިންމަވަ އެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، މި އެއްބަސްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ ތެރޭގައި، އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވުމާއި މިހާރު ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުން ހިމެނެ އެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 ޕަސެންޓް އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. -- އޭއެފްޕީ
އީރާން ޑީލްގެ ބައެއް މާއްދާތައް ހަރުކަށިކުރަން ޓްރަމްޕު އަންގައިފި: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ