ކުޑައިރުންސުރެ މަންމަ އަޅުގަނޑާއިމެދު ކަންތައް ކުރަނީ ވަރަށް ދެރަވާންޖެހޭ ގޮތަށެވެ. އެކަމަކުވެސް މަންމައަށް ހެޔޮކޮށް ހިތަންޖެހޭނެތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ ﷲ
އެއްވެސް ދެމީހެއްގެ ޢަމަލުތައް އެއްގޮތެއް ނުވާނެއެވެ. ހުރިހާ މައިންނަކީވެސް އެއްގޮތް ބައަކަށް ނުވެދާނެއެވެ. ވީމާ އެވެނި މީހެއްގެ މަންމައާއި ތިމާގެ މަންމައާއި އަޅުވައިކިޔަން ނުހަދާށެވެ! އެކަން ކުރުމުގެ ޙައްޤު އަހުރެމެންނަށް ދެއްވަވާފައެއް ނުވެއެވެ. އަހުރެމެންނަށް އޮތީ އަހުރެމެންގެ މަންމައަށް ވީހާބޮޑަށް ހެޔޮކޮށްހިތުމެވެ.
އޭނާގެ މަންމަ މާރަނގަޅުކަމަށް ފާހަގަކުރެވިދާނެއެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ދެން ބަލައިލަންވީ އޭނާގެ މަންމަ އެހައި ރަނގަޅުއިރުގައިވެސް އޭނާގެ ދަރިން އޭނާއަށް ހަމައެހައި ރަނގަޅުތޯއެވެ؟ ރަނގަޅުކަމަށްވެސް ވެދާނެއެވެ. އެހެންވެއްޖެނަމަ އެއީ އެކުދިންގެ ހުރި ރަނގަޅުކަމެވެ. ހިތާމައަކީ މައިމީހާ ކިތަންމެ ރަނގަޅުނަމަވެސް އަޅައިނުލާ ދަރިން ގިނަކަމެވެ.
ފުރަތަމަ ކަމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިޚްތިޔާރީކަމެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. ﷲ ތަޢާލާއަށްފަހު އަހުރެމެންނަށް އެންމެ ބޮޑަށް ކިޔަމަންތެރިވާން އަންގަވާފައިވަނީވެސް މައިންބަފައިންނަށެވެ. އެއީ ކީއްވެގެންތޯ؟ މައިމީހާ ރަނގަޅު ނޫންނަމަވެސްތޯ؟ ފަދަ ސުވާލުތަކެއް ނުކުރެވޭނެއެވެ. އެއީ ﷲ ތަޢާލާގެ ނިންމެވުންކަމަށްވާތީއެވެ. ކީރިތި ޤުރްއާނުގައި އަހުރެމެންނަށް އަންގަވާފައިވާ ކޮންމެ ކަމަކަށް އޮތީ ޢަމަލުކުރުމެވެ.
އަހަރެމެން ދުނިޔެއަށް އުފަންވަނީވެސް މައިމީހާއަށް އެތައް ބުރަތަކެއް ޖެއްސުވުމަށްފަހުގައެވެ. އެތައްބައިވަރު ރޭތަކެއްގެ ނިދިން މަޙްރޫމްކުރުވުމަށްފަހުގައެވެ. އެތައް ބައިވަރު ގަދަފަދަ ވޭންތައް އެޅުވުމަށްފަހުގައެވެ. އަދި އެވަރަކުންވެސް ނުނިމެއެވެ. ތުއްތުއިރުންސުރެ ގެންގުޅެ ބޮޑުކުރަން މައިން އުފުލާ ބުރައިގެ މިންވަރު ވަޒަންކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ!
ޝުކުރުވެރިވުމުގެ ގޮތުންވެސް ހެޔޮކޮށްހިތައި ވީހައި ގިނައިން މައިމީހާއަށްޓަކައި ހެޔޮދުޢާކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މައިމީހާ ތިމާއަށް ރަނގަޅަސް އަދި ނުބަޔަސް އޮތީ ހެޔޮކޮށް ހިތުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ