ކައުންސިލް އިންތިހާބާއެކު ހަޒާނާ ލޫޓުވުން ހުއްޓުވަންޖެހޭ: އަލީ

ކައުންސިލް ތަކުގެ އިންތިޚާބާއި އެކު. ދައުލަތުގެ މާލިއްޔަތު ލޫޓުވުން ނިމުމަކަށް ގެންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން އެހެން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުގެ ތިންވަނަ ދައުރުގައި ހުށަހަޅަން އުޅޭއުޅުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި މިއަދު ފާޅުކުރެއްވި ހިޔާލެއްގައެވެ.
ރައްޔިތުންގެ މަޖިލިސް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ހޮވަންވީ ހުރިހާ ރައްޔިތުންގެ ވޯޓުންކަމަށް އަލީ ދެކިވަޑައިގަންނަވައެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ކޮމިޝަނަރ އޮޕް ޕޮލިސް އާއި ޕްރޮސިކިއުޓަރ ޖެނެރަލް ވެސް ހޮވަންވީ ރައްތިތުން ވޯޓުލައިގެން ކަމަށް އަލީ ހުސައިނު ގަބޫލު ކުރައްވައެވެ. 
ރައީސް މުއިއްޒު އުޅުއްވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު އެއްފަހަރާ ބާއްވައިގެން ވެރިކަމުގެ ދައުރު ދަންމާލުމުގެ މަކަރުވެރި ވިސްނުމެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ