ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެމްބަރުކަމަށް ފުރުސަތު ހުޅުވާލާފައިވަނީ، ޤާނޫނީ ދާއިރާގެ މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީއެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހުގެ 12 ޖެހުމާ ހަމަޔަށެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން މަގާމަށް ހޮވިއްޖެނަމަ ސަރުކާރު ނުވަތަ އަމިއްލަ ކުންފުންޏެއްގައި އަދާކުރަމުންދާ ވަޒީފާ ދޫކޮށްލަން ޖެހޭއިރު، އެ މަގާމަށް އަންނަ ފަރާތްތަކުން ސިޔާސީ ޕާޓީއެއްގައި އުޅޭނަމަ އެކަންވެސް ދޫކޮށްލަން އިގުރާރުވާން ޖެހެއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނުކުރާ މެމްބަރެއްގެ ދައުރަކީ 5 އަހަރެވެ. 
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ތިއްބެވި މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވަނީ ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެން ދައުރު ހަމަވުމުގެ ކުރިން މިދިޔަ އަހަރު މަގާމުން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ