މުލިއާގެއާއި ސަރުކާރު ގިނަ އޮފީސްތަކާއި ޕީއެސްއެމްއިން ކަރަންޓް ބިލް ނުދެއްކުމުގެ އިތުރަށް، ސަބްސިޑީ މުއިއްޒު ހިފަހައްޓާފައި ވާތީ، ސްޓެލްކޯއަށް ތެޔޮ ބިލް ނުދެއްކިފައި

ކަރަންޓު ދިނުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމުން ސްޓެލްކޯއިން އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ނުދައްކާތާ މިހާރު އެއް އަހަރު ދުވަސް ފާއިތުވެފައިވާކަން މި ނޫހަށް އެނގިއްޖެ އެވެ.
ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ދިޔަވަރަށް މައުލޫމާތު ދެއްވި އިތުބާރު ހިފޭ މަސްދަރަކުން ބުނީ، ސްޓެލްކޯއިން އެސްޓީއޯއަށް ފައިސާ ނުދައްކަނީ، މުލިއާގެއާއި ސަރުކާރުގެ ގިނަ އޮފީސްތަކާއި ޕީއެސްއެމްއިން ކަރަންޓު ބިލު ނުދައްކާތީ ކަމަށެވެ. އަދި ތެޔޮ ސަބްސިޑީއަށްވާ ފައިސާ ސަރުކާރުން ނުދައްކާ ވާކަން ވެސް އެ މަސްދަރު ފާހަގަކުރިއެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ސަރުކާރު އޮފީސްތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާ 500 މިލިއަނަށްވުރެ އިތުރެވެ. އޭގެ ތެރޭގައި ޕީއެސްއެމްއިން އެކަނި ވެސް 130 މިލިއަން ރުފިޔާ ސްޓެލްކޯއަށް ނުދައްކައި އޮތްކަން ފާހަގަކޮށްލެވެއެވެ. އަދި މުލިއާގެއިން ދައްކަންޖެހޭ ބޮޑު އަދަދެއްގެ ކަރަންޓު ބިލަށްވާ ފައިސާ ވެސް ދައްކާފައިނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ހާލަތު މިހާލަތުގައި އޮތް އިރު ސްޓެލްކޯއިން ދަނީ ރައީސް މުއިއްޒު އާއި ގުޅިގެން އިންތިހާއަށް ވައްކަން ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ