މާލޭގެ މަގުތައް މަރާމާތުކުރަން ދެ މިލިއަން ގާ ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި މާލޭގެ މަގުތައް މަރާމާތުކުރަން ދެ މިލިއަން ގާ ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި

މާލޭގެ މަގުތައް މަރާމާތު ކުރަން ބޭނުންވާ ދެ މިލިއަން ގާ ހޯދަން މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާނު ކޮށްފި އެވެ.
އެ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ އެ އިއުލާނާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން ޖުލައި 31، ގެ މެންދުރު 12:00 ގެ ކުރިން އެ ކައުންސިލްގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ހޯދަން އިއުލާނު ކޮށްފައި ވަނީ:
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އޯގަސްޓު 4، ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 އަށް މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކަ ބެހޭ ބައިގެ މީޓިން ރޫމަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެ ކައުންސިލުން އެދިފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައި ހުންނަނީ ބޮޑުތަކުރުފާނު މަގު، ފުލުހުންގެ ޓޯ ޔާޑު ކައިރީގަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ބީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ރެޖިސްޓްރީވެފައިވާ ދިވެހި ކުންފުންޏަކަށް އަދި ޕާޓްނަޝިޕް ނުވަތަ އަމިއްލަ ވިޔަފާރިތަކަށް ކަމަށެވެ. ދައުލަތުގެ ޕްރޮކިއުމެންޓް ބީލަމަކާ ގުޅިގެން ސަސްޕެންޑު ކޮށްފައިވާ ފަރާތަކަށް އެ ބީލަމަށް ކުރިމަތި ނުލެވޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ