ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރާއި ގުޅިގެން އެ އާއިލާއާ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އަޑުއައްސަވައިފި އެވެ.
ނޫނު އަތޮޅުގެ 13 ރަށަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު ވަނީ ހޮޅުދޫއަށް ވަޑައިގެންފަ އެވެ. ރައީސް ވަޑައިގެންނެވި ވަގުތާއި ދިމާކޮށް އެ ރަށުގައި ވަނީ ހިމޭން އިހްތިޖާޖެއް ކޮށްފަ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި އޮތް އިހްތިޖާޖު -- ފޮޓޯ: ވޮއިސް
ޒަކިއްޔާގެ އާއިލީ ބައެއް މެންބަރުންނާއި އެ ރަށުގެ ބައެއް އާންމުން ތިބީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ. ބައެއް ބޯޑްތަކުގައި ލިޔެފައި ވަނީ "ޤާތިލަކުވޭ, ހޯދައިދީ" އަދި "300 ދުވަސްވީއިރު ޤާތިލު މިނިވަން ކަމާއެކު" ފަދަ ޝުޢޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ.
ރައީސް ވަނީ އެ މީހުން ތިބި ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި އެ މީހުންނާއި ބައްދަލު ކުރެއްވި އެވެ. އެ މީހުންގެ ހުރިހާ ޝަކުވާތަކެއް ރައީސް އަޑުއެއްްސެވި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި އޮތް އިހްތިޖާޖު -- ފޮޓޯ: ވޮއިސް
އަދި ވިދާޅުވީ އެކަން ފަސޭހަ ކޮށް ނުނަަންގަވާނެ ކަމަށެވެ. ޒަކިއްޔާގެ މަރުގެ މައްސަލަ ވަރަށް ގާތުން ބައްލަވނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި އެ ރައްޔިތުންނަށް ދެއްވީ އިންސާފުގެ ޔަގީން ކަމެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި އޮތް އިހްތިޖާޖު -- ފޮޓޯ: ވޮއިސް
މިދިޔަ އަހަރުގެ ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒަކިއްޔާ މަރުވި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ، އާންމު ރައްޔިތުން ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އަދި ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށާ އެއީ ބަޔަކު / މީހަކު ކުރި ކަމެއް ކަމަށް އާއިލާގެ ގިނަ މީހުންނާއި އެ ރަށުގެ ގިނަ ބަޔަކު ދެކެ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި އޮތް އިހްތިޖާޖު -- ފޮޓޯ: ވޮއިސް
މީގެ ކުރީން އެ މައްސަލާ ގައި އެ ރަށުގައި ސިލްސިލާ ކޮށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ. ޒަކިއްޔާގެ މަރާއި ގުޅިގެން އޮޓޮޕްސީ ހަދާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.
ޤާތިލަކުވޭ، ހޯދައިދީ؛ ރައީސް ދެއްވީ އިންސާފުގެ ޔަގީންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ