ކޮންޓްރޯލް ކޮމިޓީގެ ނިންމުން: ސިފައިންނާއި އެޗްޑީސީގެ ރޭންކިން މެޗު ކެންސަލް ކޮންޓްރޯލް ކޮމިޓީގެ ނިންމުން: ސިފައިންނާއި އެޗްޑީސީގެ ރޭންކިން މެޗު ކެންސަލް

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގުގެ ރޭންކިން މެޗު ނުކުޅެން އެ ޖަމިއްޔާ އިން ނިންމައިފި އެވެ.
މި މުބާރާތުގެ ކޮންޓްރޯލް ކޮމެޓީ ބައްދަލުވުމެއް މިއަދު މެންދުރުފަހު ކުރިއަށްދިޔައިރު، މި މި ބައްދަލުވުމުގައި ވަނީ ކްލަބް އެޗްޑިސީ އާއި ދިވެހި ސިފައިންގެ ކްލަބުން މިއަދު ހަވީރު ކުޅުނު މެޗަކީ ރޭންކިންގް މެޗުގެ ގޮތުގައި ބެލުމަށް ނިންމައިފަ އެވެ.
ފަސް ސެޓަށް ކުޅެގެން މިއަދު ހަވީރުގެ މެޗުން ސިފައިން ވަނީ އެޗްޑީސީ ބަލިކޮށްފަ އެވެ. އެއާ އެކު، ސިފައިންނަށް ލިބުނީ ހަ ޓީމު ވާދަކުރި މުބާރާތުގެ ފަސް ވަނަ އެވެ. އަދި، އެޗްޑީސީ ނިންމާލީ އެންމެ ފުލުގަ އެވެ.
"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަވަމުން ކާވާ އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވީ، މި ގޮތައް މުބާރާތުގެ ކޮންޓްރޯލް ކޮމެޓީ އިން ނިންމީ މިއަދު ވެސް މި ދެ ޓީމުގެ މެޗެއް އޮތުމާއި ގުޅިގެން ކަމަށެވެ.
އަދި ރޭންކިންގައި މި ދެ ޓީމު ކުޅެން ޖެހިފައި އޮތުމުން ދެ މެޗެއް ކުޅުމުގެ ބަދަލުގައި ރޭންކިން މެޗުގެ ގޮތުގައި މިއަދު ކުޅުނު މެޗު ހަމަޖެއްސީ ކަމަށް ލަތީބެ ވިދާޅުވި އެވެ.
މީގެ އިތުރުން މުބާރާތުގެ ކުރީގެ ޝެޑިއުލް ގައި މެޗު ކުޅެން ކުރިން ނިންމާފައިވާ ވަގުތައް ވަނީ ބަދަލުތަކެއްވެސް ގެނަސްފަ އެވެ. އެ ގޮތުން، ގެނައި ބަދަލުތަކާ އެކު މާދަމާ ކުޅޭ ތިން ވަނަ ހޮވާ މެޗު ކުޅޭނެ ގަޑި އަކީ މާދަމާގެ ހަވީރު 04:15 އެވެ. އަދި، ފައިނަލް މެޗު ކުޅޭނެ ގަޑިއަކީ މާދަމާރޭ 08:30 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ