މެޑްރިޑް (ޖުލައި 23) - ފީފާ ކްލަބް ވޯލްޑް ކަޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެމްޕިއަން، ޗެލްސީން އުފާފާޅުކުރުން ކުރިއަށްގެންދިޔަ ވަގުތު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޕޯޑިއަމް އިން ދުރަށް ވަޑައިނުގެންނެވި ވަގުތުގައި، ބިރުގަނެފައި ހުރި ކަމަށް ޗެލްސީގެ ވާތު ބެކް، މާކް ކުކުރޭއާ ބުނެފި އެވެ.
ޕީއެސްޖީ އަތުން 3-0 އިން މޮޅުވެ، ޗެލްސީން މުޅިން އަލަށް 32 ކްލަބާ އެކު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު، ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު އެއް ކަމަކީ، އެމެރިކާގެ ރައީސް، ޓްރަމްޕް ޕޯޑިއަމްގައި ގިނަ ވަގުތުތަކެއް ހޭދަކުރުމެވެ.
ކުކުރޭއާ ވަނީ އެ ވަގުތުތަކުގައި އޭނާގެ ތަޖުރިބާ ސްޕެއިނުގެ ނޫސްވެރިޔާ، ޖެރާޑް ރޮމޭރޯ އަށް ހިއްސާކޮށްފަ އެވެ.
"އަހަރެމެން ގާތުގައި ބުނެފައި އޮތީ ގަވާއިދުގައި އޮތް ގޮތުން، ޓްރަމްޕް އައިސް އަހަރެމެންނަށް ތަށި ހަވާލުކޮށްފައި ދިއުމުން ނޫނީ ތަށި އުފުލައި އުފާފާޅުކުރުން ކުރިއަށްނުގެންދަން، ދެން، އަހަރެމެން އެ ތަނުގައި ތިބީ އޭނަ (ޓްރަމްޕް) ޕޯޑިއަމް އިން ދަންދެން. އެކަމަކު، ޓްރަމްޕް ވަނީ އަހަރެމެން ގާތުގައި ތަށި އުފުލަން ބުނެ، އޭނާ އެތަނުގައި ހުންނާނެ ކަމަށް ވެސް ބުނެފައި،" ކުކުރޭއާ ކިޔައިދިނެެވެ.
"އަހަންނަށް ވެސް އަދި އެކަކަށް ވެސް އެއްޗެއް ބުނާކަށެއް ނުކެރުނު، އަހަރެމެން ތިބީ ވަރަށް ބިރުން، ޔަގީނުން ވެސް އަހަރެން ހުރީ ބިރުން،"
ޗެލްސީން ފާއިތުވި ސީޒަނުގައި، ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކުރުމަށް ފަހު، ކްލަބް ވޯލްޑް ކަޕްގެ ތަށި ހޯދާފައިވާއިރު، އޭގެ ސަބަބުން އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރަން ހިތްވަރު ލިބިފައިވާ ކަމަށް ކުކުރޭއާ ވަނީ ބުނެފަ އެވެ.
ކުކުރޭއާ ހުރީ ޓްރަމްޕް ދެކެ ބިރުން ކުކުރޭއާ ހުރީ ޓްރަމްޕް ދެކެ ބިރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ