ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް އައްޑޫގައި މިއަދު ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ މި ސިޓީ އަކީ މާލެ ސަރަހައްދު ފިޔަވައި އެންމެ ގިނަ އަދަދަށް ބިދޭސީ މަސައްކަތްތެރިން އުޅެމުން އަންނަ ސިޓީ އެވެ.
އައްޑޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފެށި "އޮޕަރޭޝަން ހަމަމަގު" ގައި އިމިގްރޭޝަންގެ 25 އެއްހާ އޮފިސަރުންނާއި ފުލުހުންގެ ޚިދުމަތުގެ 25 އެއްހާ އޮފިސަރުން ބައިވެރިވެއެވެ. އެގޮތުން 13 ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ ތެރެއިން އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ކުރިއަށް ގެންދާނެ އެވެ.
އޮޕަރޭޝަން ފަށާފައި ވަނީ އައްޑޫ ޕޮލިސް ކޮލެޖްގައި ކުރިއަށް ގެންދިޔަ ޚާއްސަ ބްރީފިންއަކަށް ފަހު ހެނދުނު 7:00 ގަ އެވެ.
އެ އޮޕަރޭޝަންގައި އިމިގްރޭޝަން ކޮންޓަރޯލަރު އަޙުމަދު ފަސީހު އާއި އެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
View this post on Instagram
A post shared by Maldives Immigration (@immigrationmv)
"އަޅުގަނޑު ބުނަން ބޭނުންވަނީ ދެނެއް ރަށްރަށުގައި ވެސް ފިލައިގެން އުޅުމުގެ ފުރުޞަތު ބިދޭސީންނަކަށް ނޯންނާނެކަން ކަށަވަރުކޮށް ދޭން،" ފަސީހް ވިދާޅުވި އެވެ. "އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ވީހާ ވެސް އަވަހަށް ޤާނޫނީ އިމުގެ ތެރެއަށް ހުރިހާ މަސައްކަތްތެރިން ވަންނަވާށޭ."
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ ހޯދުމުގެ ބޮޑު އޮޕަރޭޝަން އިމިގްރޭޝަނުން ފުރަތަމަ ފެށި ނޮވެމްބަރު 17، 2023 ގަ އެވެ. އެގޮތުން މި މާލެ ސަރަހައްދުގައި ވަރަށް ފުޅާކޮށް ހިންގަމުން އަންނަ އިރު، މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެ، އޭގެ ތެރެއިން 7،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑީޕޯޓް ވެސް ކޮށްފައިވެ އެވެ.
ގަވާއިދާ ހިލާފު ބިދޭސީން ހޯދާ އޮޕަރޭޝަން އައްޑޫގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ