މި ހަމަލާތަކާއެކު ދުނިޔޭގެ އެންމެ ބޮޑު ޓްރާންސިޓް ޕޮއިންޓް ކަމަށްވާ ދޯހާ އާއި ޔޫއޭއީގެ ވައިގެ ސަރަހައްދުވެސް ވަނީ ބަންދުކޮށްފަ އެވެ.
އީރާނާއި އިޒްރޭލާއެކު މިހާރު އުފެދިފައިވާ ކޯޅުންގަނޑު އިތުރަށް ހޫނުވެ ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިރޭ ހަމަލާ ދިނުމުން ޓޫރިޒަމްގެ ގިނަ ބުކިންތަކެއް ކެންސަލްވުމުގެ ބިރު ހީވެއްޖެ އެވެ.
މީގެ ނުވަ ދުވަސް ކުރިން އީރާން-އިޒްރޭލާ ދެމެދު ހަމަލާ ބަދަލު ކުރުން ފެށުމަށްފަހު މިރެއަކީ މި ހަނގުރާމައިގެ އިތުރު ކޮޅެއް ފެޅިރެއެކެވެ. އެއީ އެމެރިކާ އިން އީރާނުގެ ނިއުކްލިއަ ޕްލާންޓްތަކަށް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އަބޫއުބައިދާ އާއި އިރާގުގައި ހުންނަ އަސްކަރީ ބޭހަށް ހަމަލާ ދީފަ އެވެ. މި ހަމަލާތަކާއެކު ދުނިޔޭގެ އެންމެ ބޮޑު ޓްރާންސިޓް ޕޮއިންޓް ކަމަށްވާ ދޯހާ އާއި ޔޫއޭއީގެ ވައިގެ ސަރަހައްދުވެސް ވަނީ ބަންދުކޮށްފަ އެވެ.
މިކަމުގެ ސަބަބުން ރާއްޖެ އަންނަން އޮތް ގިނަ އަދަދެއްގެ ޓޫރިސްޓުން ނާދެވި އަދި ރާއްޖޭން ފުރަން ތިބި ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްވެފަ އެވެ. ގަތަރާއި ޔޫއޭއީއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ އެމިރޭޓްސް އާއި ގަތަރު އެއާވޭސްގެ މައި މަރުކަޒެވެ.
މެދުއިރުމަތިން ގިނަ އަދަދެއްގެ ފްލައިޓް ގެންނަ އިނަ މޯލްޑިވްސްގެ އެއް ޑިރެކްޓަރު ކަމަށްވާ މުހައްމަދު ފިރާގު މިރޭ ވިދާޅުވީ މިހާރުގެ އަންދާޒާއަކީ ބޮޑުތަނުން ފްލައިޓްތައް ޑިލޭވުން ކަމަށާ މީގެ ގެއްލުން ބޮޑުވާނެ ކަމަށެވެ.
ތަފުސީލް އަންނަނީ ---
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އީރާން-އިޒްރޭލު ހަނގުރާމަ ހޫނުވެ ފްލައިޓްތައް ކެންސަލް ކުރުމުން ޓޫރިޒަމަށް ބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ