ފަތިސް ނަމާދުކޮށް ޛިކުރުކޮށް މިދުއާއިން ދުވަސް ފަށާ މީހަކަށް އިސާހިތަކު ތަފާތު ފެންނަން ފަށާނެ! އިން ޝާ ﷲ

ހެޔޮ ގޮތުގައި ދުވަސް ފަށާނެ ގޮތަކާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ.  
ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ފަތިސްނަމާދުކުރާށެވެ! ދެއިރުގެ ޛިކުރުތައް ކިޔާށެވެ! ޤުރްއާނުން މިންވަރެއް ކިޔަވާށެވެ! މިފަދަ ދުޢާއެއްވެސް ކުރާށެވެ! އިސާހިތަކު ތަފާތު ފެންނަން ފަށާނެއެވެ. އިން ޝާ ﷲ  
"ޔާ ﷲ! މިއަޅާއަށް ދިރިހުރުމުގެ ނިޢްމަތް ދެއްވަވައި، ރިޒުޤް ދެއްވަވައި އަދި މިހައި ތަނަށް ދެއްވެވި އެންމެހައި ނިޢްމަތްތަކަށް މިއަޅާ ހިފެހެއްޓުމެއްނެތި އިނބަ ﷲ ގެ ޙަޟްރަތަށް ހާސްހާސްފަށުން ޝުކުރު ދަންނަވަމެވެ. 
ޔާ ﷲ! މިއަދަކީވެސް މިއަޅާ ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައި އިނބަ ﷲ ގެ ރަޙްމަތް މިއަޅާއަށްޓަކައި އޮއްސަވައި ދެއްވަވާ ދުވަހެއް ކަމުގައި ލައްވަވާނދޭވެ!  
ޔާ ﷲ! މިއަޅާ ކޮންމެ ކަމެއް ކުރަންވެސް މަސައްކަތްކުރަނީ އިނބަ ﷲ ގެ ޙަޟްރަތުން ބަރަކާތާއި ވާގިއެދިގެންނެވެ. މިއަޅާއަށް ހެޔޮ ވިސްނުން ދެއްވަވާނދޭވެ!  
ޔާ ﷲ! މިއަޅާގެ ޢަދާވާތްތެރިންނާއި ޝައިޠޯނުންގެ ކިބައިން ކުރިންވެސް ރައްކައުތެރިކަން ދެއްވެވި ފަދައިން މިއަދުވެސް މިއަޅާއަށް ރައްކައުތެރިކަން ދެއްވަވާނދޭވެ! އަދި އިއްޔެއަށްވުރެ ގިނައިން މިއަދު އިނބަ ﷲ ގެ މަގުގައި އިނބަ ﷲ ރުހިވޮޑިގަންނަވާ ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! އާމީން
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ