އިންޑިއާ އިން އިނގިރޭސިވިލާތާއެކު އެފްޓީއޭ ގައި ސޮއިކޮށްފި

އިންޑިއާއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައެވެ. މި އެއްބަސްވުން އެކުލަވާލެވުނީ އިންޑިއާއާއި އިނގިރޭސިވިލާތާއި ދެމެދު 3 އަހަރު ވަންދެން ކުރެވުނު މަޝްވަރާތަކަށްފަހުއެވެ. އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ސަރުކާރާއެކު އިންޑިއާއިން ފެށި މަޝްވަރާތައް، ލޭބަރ ޕާޓީ މިދިޔަ އަހަރު ވެރިކަމަށް އައިސްވެސް ކުރިއަށް ގެންދިޔައެވެ. މި އެފްޓީއޭ އާއެކު 2040 ވަނަ އަހަރުގެ ނިޔަލަށް ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި 25 ބިލިއަން ޕައުންޑަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
މިއީ ޔޫކޭ އިން ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށްފަހު އެގައުމުން ސޮއިކުރާ އެންމެ ބޮޑު ވިޔަފާރީގެ އެއްބަސްވުމެވެ. މި އެއްބަސްވުމާއި ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރު ސަރ ކެއަރ ސްޓާމާ ވިދާޅުވީ މި އެއްބަސްވުމާއެކު ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި ފަސޭހަވެ، އަވަސްވެ، އަގުހެޔޮވެގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމާއެކު އިންޑިއާގެ ޕްރޮކިއޯމަންޓް މާކެޓަށް އިނގިރޭސިވިލާތުގެ ކުންފުނިތަކަށް ދޮރު ހުޅުވިގެންދާނެއެވެ.
މި އެފް.ޓީ.އޭއަށް އަމަލުކުރަން ފަށާނީ އަދި އަހަރެއްހާ ދުވަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ