ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 94 ބޭފުޅެއްގެ ހިދުމަތުގެ އަގު ވަޒަންކޮށް ޝަރަފުގެ ބެޖާއި އައްޑަނަ އަރުވައިފި އެވެ.
ވީ ކިހިނެއް؟ - މި ބޭފުޅުންނަށް ބެޖާއި ޝަރަފުގެ އައްޑަނަ އެރުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތް ކުރުމުގެ ޝަރަފު އެރުވި ބޭފުޅުންނަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައިވާ ބޭފުޅުން ކަމަށެވެ.
މި އިނާމު ދެނީ އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކުރެއްވި ހިދުމަތާއި ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމަށެވެ.
މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ:
40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކުރެއްވި 94 ބޭފުޅުން
35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ކުރަނީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
ފާހަގަ ކުރެވޭ - މިއަދުގެ ޖަލްސާގައި، ދައުލަތަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރެއްވުމަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ އިއްޒަތް ތިން ބޭފުޅަކަށް ވަނީ އަރުވައިފަ އެވެ.
މި ޝަރުފު އަރުއްވާފައިވަނީ:
ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ދައުލަތުގެ މާތީ ގިނަ މަގާމުތަކެއް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާ ހަސަން ސޯބިރު
ދިގު މުއްދަތުގެ ޝަރަފުގެ އިނާމު 94 ބޭފުޅަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ