އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫގެ އެމްބެސަޑަރެއް ކަމުގައިވާ ހަބޭސް ބޮޑުބެރު ގްރޫޕާއެކު 4 ހަފުތާގެ ހާއްސަ ބޮޑުބެރު ކްލާހެއް ހިންގުމަށް ނިންމައިފިއެވެ.
އުރީދޫއިން ބުނީ މި ޕްރޮގްރާމުގެ މަގުސަދަކީ ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ދިވެހި ސަގާފަތުގެ މުއްސަނދި ތަރިކައެއް ކަމަށްވާ ބޮޑުބެރުގެ ވައްޓަފާޅި ޕްރޮގްރާމްގެ ބައިވެރިންނަށް ދަސްކޮށްދިނުން ކަމަށެވެ.
މި ޕްރޮގްރާމުގައި ހިމެނެނީ 5 ކްލާސްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މި ކްލާސްތައް ނެގުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު 16، 23 30 އަދި ސެޕްޓެމްބަރު 6 ވާ ހޮނިހިރު ދުވަހުއެވެ. އުރީދޫ އިން ބުނީ މި ކްލާސްތައް ކުރިއަށް ދާނީ އެ ހަތަރު ދުވަހުގެ ރޭގެ 8:00 އިން 11:00 އަށް ކަމަށާއި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ފުރަތަމަ ރަޖިސްޓްރީ ކުރާ 20 މީހުންނަށް ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާގައި ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، މި ޕްރޮގްރާމުގެ އެއްވެސް ބައިވެރިއެއްގެ އަތުން ފީއެއް ނުނަގާނެކަމަށް އުރީދޫ އިން ވަނީ ފާހަގަކޮށްފައެވެ. މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އުރީދޫއިން ބުނީ ޕްރޮގްރާމްގެ ބައިވެރިންނާއި މުއާމަލާތު ކުރާނީ ރަޖިސްޓްރީކުރުމަށް ބޭނުންކުރާ ފޯނު ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށެވެ.
އެމްޕްލޯޔާ އޮފް ދަ އިޔާގެ ބްރޮންޒް ސްޓީވީ އެވޯޑް އުރީދޫއަށް ލިބިއްޖެ އައިކެއަރ އޮޕްޓިކަލްގެ ސްކޫލް ހޮލިޑޭ ސްޕެޝަލްސް: ބޮޑެތި ޑިސްކައުންޓްތަކާއި އެކު! މޫދުއަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން އުދީރޫ ދުނިޔޭގެ ރެކޯޑް ފޮތަށް އުރީދޫ ނޭޝަން އިން ބޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ