މެޑްރިޑް (ޖުލައި 15) - ބެންފީކާ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ވާތު ބެކް، އަލްވާރޯ ކަރޭރާސް، 55 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ އަހަރު މެއި މަހު، 10 މިލިއަން ޑޮލަރަށް ބެންފީކާ އަށް ވިއްކާލި 22 އަހަރުުގެ ކަރޭރާސް، އޭގެ އަހަރެއް ފަހުން، ރެއާލާ ގުޅެން މި ނިންމީ، ހަ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު ޖެނުއަރީގައި އެންމެ ފުރަތަަމަ ބެންފީކާ އަށް ބަދަލުވި، ކަރޭރާސް، ޔުނައިޓެޑުގެ ސީނިއާ ޓީމަށް އެންމެ މެޗެއް ވެސް ކުޅެފައިނުވެ އެވެ. ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރިއިރު، ކަރޭރާސް ވަނީ ލޯން އެއްބަސްވުމެއްގައި، ސްޕެއިނުގެ ގްރަނާޑާ އާއި އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޕްރެސްޓަން ނޯތު އެންޑަށް ކުޅެފަ އެވެ.
ކަރޭރާސް، ރެއާލަށް ވިއްކާލަން އެއްބަސްވިކަން އިއުލާނުކުރަމުން، ބެންފީކާ އިން ބުނީ ޓްރާންސްފާ ފީގެ 20 ޕަސެންޓް މެންޗެސްޓާ ޔުނައިޓެޑަށް ދޭން ޖެހޭ ކަމަށެވެ. އެއީ، ކަރޭރާސް ގަންނަން ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުމުގައި ހިމެނޭ މާއްދާއެއްގައި އޮތްގޮތުންނެވެ.
ބެންފީކާ އަށް ޖުމްލަ އެކު، 68 މެޗު ކުޅެދީފައިވާ ކަރޭރާސް ވަނީ، އެ ޓީމަށް ފަސް ގޯލު ޖަހައިދީފަ އެވެ. އަދި، ފީފާ ކްލަބް ވޯލްްޑް ކަޕްގައި ވެސް ކަރޭރާސް ވަނީ ބެންފީކާ އަށް ކުޅެދީފަ އެވެ،
ރެއާލުން ބެންފީކާ އަށް 55 މިލިއަން ޑޮލަރު ދީފައި ކަރޭރާސް ގަންނަން ނިންމައިފި ރެއާލުން ބެންފީކާ އަށް 55 މިލިއަން ޑޮލަރު ދީފައި ކަރޭރާސް ގަންނަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ