ބަންގްލަދޭޝްގެ ދެ މީހަކު ހޯދަން އިމިގްރޭޝަނުން ނޯޓިސް ނެރެފި

ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހަކު ހޯދުމަށް އިމިގްރޭޝަނުން ނޯޓިސް ނެރެފިއެވެ. 
އިމިގްރޭޝަނުން ހޯދަން ނޯޓިސް ނެރެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 31 އަހަރުގެ މުޙައްމަދު ޖޮވެލް މިއާ އާއި، އުމުރުން 32 އަހަރުގެ އެމްޑީ ޗޯޓަން މިއާ އެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަންގެ އޮފީހަށް އެ އިދާރާގެ ރަސްމީ ގަޑި 8:00 އާއި 14:00އާ ދެމެދުގައި ހާޒިރުވުމަށް ދެމީހުންނަށް އަންގައިފައެވެ.
އަދި އެމީހުންނާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ [email protected] އަށް މެއިލްކޮށް ނުވަތަ 91999017 އަށް ގުޅުއްވާ އެނާ އާއި ގުޅޭ މައްުލޫމާތު ހިއްސާކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ