ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު މެދުވެރިކޮށް ގިނަ އޮފާތަކެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ކްރެޑިޓް ކާޑުން ޝަރުއީ ހަމަތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލްއިން ބުނީ، ރާއްޖޭގެ އިސްލާމިކް ބޭންކިން ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ އެ ބޭންކުން ތަޢާރަފުކުރި އިސްލާމިކް ކްރެޑިޓް ކާޑު ކަމަށެވެ. އެ ކާޑަކީ އިސްލާމީ ޝަރީއާގެ އުޖުރާ އުސޫލުގެ މަތިން ފަރުމާކޮށްފައިވާ، ރާއްޖޭގައި މިހާތަނަށް ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑެވެ. އެ ކާޑުގެ ސަބަބުން ގިނަ ރައްޔިތުންނަށް ޝަރުޢީ ހަމަތަކާ އެއްގޮތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މާލީ މުޢާމަލާތްތައް ކުރުމުގެ ފުރުސަތު ފަހިވެފައިވެއެވެ. ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ އިސްލާމީ ޝަރީޢާގެ އުޖުރާ އުސޫލުގެ މަތިން އެއްބަސްވެފައިވާ ވަކި ފީއެއްގެ މައްޗަށް ބިނާކޮށް ޚިދުމަތް ފޯރުކޮށްދޭ ކާޑެކެވެ. މި ކާޑަކީ ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކެއްގައި ބޭނުންކުރަމުންދާ އުސޫލެކެވެ. ބީއެމްއެލް އިސްލާމިކްއިން އެމެރިކަން އެކްސްޕްރެސް އަދި ވިސާގެ އިސްލާމިކް ކްރެޑިޓް ކާޑު އަންނަނީ ދޫކުރަމުންނެވެ. މި ކާޑުތައް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ވެސް މުޢާމަލާތްތައް ކުރުމުގެ ފުރުސަތު ލިބޭއިރު، އެމެރިކަން އެކްސްޕްރެސް އަދި ވިސާ ނެޓްވޯކްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މިލިއަނުން ގުނާ މާޗަންޓުންގެ އަތުން ތަކެއްޗާއި ޚިދުމަތް ހޯދުމުގެ ފުރުސަތު ލިބެއެވެ. އެ ކާޑުތައް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ގިނަ ޚާއްސަ އޮފާތަކެއް ލިބެއެވެ. އޭގެ ތެރޭގައި ބުކިން.ކޮމް މެދުވެރިކޮށް ހޮޓާ ބުކްކުރުމުގައި ލިބޭ ޚާއްސަ ޑިސްކައުންޓްތަކާއި، ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމެނެއެވެ. މީގެ އިތުރުން، ބީއެމްއެލް އީޒީޕޭ މެދުވެރިކޮށް ގަންނަ މުދަލަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުން ލިބެއެވެ. މީގެ އިތުރުން ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑުން ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑުގައި ޒަމާނީ ސަލާމަތީ ފިޔަވަޅުތައް ހިމަނައިފައިވެއެވެ. ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ މުޢާމަލާތަކުން ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގެ ދަށުން ޕޮއިންޓް އެއްކުރެވެއެވެ. މި ޕޮއިންޓްތައް ބޭނުންކޮށްގެން: ފްލައިޓް ޓިކެޓް ގަތުން ކާރު ކުއްޔަށް ހިފުން ހޮޓެލް ބުކިން ހެދުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ބްރޭންޑްތަކުގެ ވައުޗަރުތައް ހޯދުން އިސްލާމިކް ކްރެޑިޓް ކާޑުން ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފައިސާދެއްކުމުގެ ފުރުސަތު ލިބި، ޑިޖިޓަލް ޕޭމަންޓްތަކަށް މަގުފަހިވެފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އަދި ޝަރުޢީ ހަމަތަކާ އެއްގޮތަށް މާލީ މުޢާމަލާތްތައް ކުރަން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ