އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި ރައީސް މުއިއްޒު ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި 4،000 ފްލެޓް ރަޖިސްޓްރީ ކުރާނީ 25 އަހަރުތެރޭ ކުލިދައްކައި ހަލާސް ކުރުމުން: މުއްތަލިބު މޫސުން ގޯސްވެ، ފުލުހަކާ އެކު ކޮފީއެއް ކެންސަ

ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ )އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ އެމްބަސީއެއް ގަތަރުގައި އުފެއްދެވީ، ދިވެހިރާއްޖެ އާއި ގަތަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި ތައުލީމީ، ސިޔާސީ، އިގްތިސޯދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަން ވެސް ބަޔާންކޮށްފައި ވެއެވެ. ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔާ ސިޓީގައި ޖަހަމުން ގެންދާނީ 502 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ