ކުޑަ 2 ދަރިންގެ މަންމަގެ ލޮލުން ފެނުން ގެއްލިދާނެ ކަމުގެ ބިރަށް ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމަށް އެދި...

އަޅުގަނޑަކީ 9 އަހަރާއި އެއް އަހަރުގެ 2 ކުދިންގެ މަންމައެވެ. އަޅުގަނޑުގެ ލޮލަށް ޖެހިފައިވާ ބައްޔަކަށް ރާއްޖެއިންނާއި ޓްރިވެންޑްރަމުން ވަަރަށް ގިނައިން ބޭސްފަރުވާ ކުރެވިއްޖެއެވެ. ޝިފާއެއް އަދި ނުލިބެއެވެ. އެހެންވެ އިތުފަރުވާއަށް މަދުރާއަށް ދިއުމަށް އާސަންދަވެސް ވަނީ ލިބިފައެވެ. 
އަޅުގަނޑަށް ދާންޖެހެނީ 2 ކުދިންވެސް ގޮވައިގެންނެވެ. ނަމަވެސް ކުޑަކުދިން ވީމާ އެކުދިން ގެންދަން ޖެހެނީ އަމިއްލައަށެވެ. މަދުރާއީގައި ހުންނަން ޖެހޭނެ މުއްދަތެއް ނުއެނގޭއިރު ހުރުމުގެ ކަންކަން ހަމަ ޖައްސަން ޖެހެނީ އަމިއްލައަށެވެ. 
އަޅުގަނޑުގެ މަންމަގެ ލޮލަށްވެސް މައްސަލަތަކެއް ކުރިމަތިވެ ފެނުމުން ވަނީ މަޙްރޫމްވެފައެވެ. ވީމާ މިބަލި ދެނެގަނެވި ފަރުވާ ހޯދަން މަސައްކަތްކުރަން މިވަނީ މަޖުބޫރުވެފައެވެ. ވީމާ އަޅުގަނޑުގެ އާދޭހަކީ އެބޭފުޅަކަށް ވެދެއްވެން އޮތް އެހީތެރިކަމެއް މާތް ﷲ އަށްޓަކައި ވެދެއްވުމެވެ. 
މަރްޔަމް އަޝްފާ
ފޯން: 7665740
ޑޮލަރު އެކައުންޓް:
90203101003512000 dollar account
ރުފިޔާ އެކައުންޓް: 
7730000201923 mvr
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ