ރާއްޖޭގެ އެންމެ ހަލުވި ފިކްސްޑް ނެޓްވޯކްގެ ގޮތުގައި އޫކްލާއިން އުރީދޫ ބަލައިގަތުމަކީ ޝަރަފެއް: ނިޔާޒް

ދިވެހިރާއްޖޭގެ އެންމެ ހަލުވި ފިކްސްޑް ނެޓްވޯކްގެ ގޮތުގައި އޫކްލާއިން އުރީދޫ ބަލައިގަތުމަކީ ލިބުނު ޝަރަފެއްކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ މަޤްބޫލް އިންޓަރނެޓްގެ ސްޕީޑް ޓެސްޓް ހިދުމަތް އޫކާލް އިން ހޮވި ދިވެހިރާއްޖޭގެ "ބެސްޓް ފިކްސްޑް ނެޓްވޯކް" ގެ އެވޯދް އުރީދޫ މޯލްޑިވްސްއަށް ވަނީ ލިބިފައެވެ.
މިކަމާ ގުޅޭގޮތުން ލިންކެޑްގައި ކުރެއްވި ޕޯސްޓެއްގައި ނިޔާޒް ވިދާޅުވީ އެ އެވޯޑަކީ އުރީދޫއަށް ލިބިގެންދިޔަ ޝަރަފެއް ކަމަށާއި، މިކަމުން އަންގައިދެނީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި ރާއްޖެ އޮތްނަމަވެސް އެކުންފުނީގެ އިންޖިނިއަރިން ޓީމުންކުރާ އިހްލާސްތެރި މަސައްކަތް ކަމަށެވެ. އަދި މި ދާއިރާގެ އިންފްރާސްތަކްޗަރ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ފުރިހަމަ އެކި ކަމަށް ނިޔާޒް ފާަހަގަ ކުރެއްވިއެވެ. ނިޔާޒް ވިދާޅުވީ އުރީދޫއިން ތެކްނޮލޮޖީގެ ދާއިރާއަށް އަންނަ ކުރިއެރުންތަކާއެކު ރާއްޖޭގައި ދެމުންގެންދާ މުއާސަލާތީ ހިދުމަތްތައް އޭގެ އެންމެ ފުރިހަމަކަމާއެކު ދިނުމަށް އެކުންފުނިން ދެމިތިބޭނޭކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ގެ ޕޯސްޓް
 އޫކްލާ އިން ހޮވާ ރާއްޖޭގެ "ބެސްޓް ފިކްސްޑް ނެޓްވޯކް"ގެ އެވޯޑް އުރީދޫއަށް ލިބުނުއިރު، މިއީ އެކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންގެންދާ ބްރޯޑްބޭންޑް އިންޓަރނެޓް ނެޓްވޯކްގެ ފުރިހަމަ ކަމަށްބަލައި ދީފައިވާ އެވޯޑެކެވެ. 
އުރީދޫން ރާއްޖެއަށް 5 ޖީ ނެޓްވޯކްގެ ހިދުމަތް ދެމުން އަންނައިރު، އެކުންފުނިން އަންނަނީ ކަސްޓަމަރުންނަށް ދެމުން އަންނަ އިންޓަރނެޓްގެ ހިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް އިންވެސްޓްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ