"ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކްގެ އެވޯޑު އުރީދޫއަށް ލިބުމަކީ ޑިޖިޓަލް މޯލްޑިވްސްއަށް ކުރަމުންދާ މަސައްކަތް ބަލައިގަތުން"
ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކްގެ އެވޯޑު, އުރީދޫއަށް ލިބުމަކީ ޑިޖިޓަލް މޯލްޑިވްސް އަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތްތައް ބަލައިގަތްކަމުގެ އަލިގަދަ ހެއްކެއް ކަމަށް އެ ކުންފުނީގެ ސީސީއޯ ހުސައިން ނިޔާޒު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނެޓްވޯކް އިންޓެލިޖެންސް އަދި ކަނެކްޓިވިޓީ އިންސައިޓްސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އޫކްލާއިން ދޭ "އޯކްލާ ސްޕީޑް ޓެސްޓް އެވޯޑް" އުރީދޫއަށް ލިބުމާއި ގުޅިގެންނެވެ. މި އެވޯޑު އުރީދޫއަށް ދީފައިވަނީ 2025 ވަނަ އަހަރު، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއާއި ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން އެންމެ އިސްކޮށް ހަރަކާތްތެރިވާ މިންވަރު ފާހަގަކޮށެވެ. މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. އެކަމާ ގުޅިގެން ނިޔާޒު ވިދާޅުވީ މިއީ އުރީދޫ މޯލްޑިވްސްއަށް ލިބުނު ފަޚުރުވެރި ކުރިއެރުމެއް ކަމަށެވެ. އަދި މި ކާމިޔާބީއަކީ މުވާސަލާތީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް އެ ކުންފުނިން މެދުނުކެނޑި ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ނަތީޖާ ކަމަށެވެ. އަދި އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ އިންޖިނިއަރިން ޓީމުތަކުން ކުރާ ބުރަ މަސައްކަތުގެ ހެއްކެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ. ސުޕާނެޓަށް ބެސްޓް ފިކްސްޑް ނެޓްވޯކް އެވޯޑް ލިބުމަކީ އުރީދޫއިން ޑިޖިޓަލް މޯލްޑިވްސް އަށް ކުރަމުންދާ މަސައްކަތް ބަލއިގަތުން. ޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެން އަބަދުވެސް ސާބިތުކަމާއެކު ދެމިތިބޭނަން، އުރީދޫގެ ސީސީއޯ ހުސައިން ނިޔާޒު އޯކްލާއިން ދޭ އެވޯޑަކީ އިންޓަނެޓް ސްޕީޑް ދިރާސާ ކުރުމަށް ފަހު ދޭ އެވޯޑެކެވެ. އެގޮތުން މި އެވޯޑްތަކުގައި ބޭނުންކުރަނީ ޑައުންލޯޑް ސްޕީޑް، އަޕްލޯޑް ސްޕީޑް އަދި ނެޓްވޯކް ރެސްޕޮންސިވްނެސް ފަދަ މެޓްރިކްސްތަކުން ލިބޭ ސްޕީޑް ސްކޯއެކެވެ. https://sun.mv/218007 އުރީދޫން ދަނީ ޒަމާނީ ފައިބާ ނެޓްވޯކްތަކާއި، ބްރޯޑްބޭންޑް އިނޮވޭޝަންތަކާއި، ކަސްޓަމާ ފޯކަސްޑް ސޮލިއުޝަންތަކަށް އިންވެސްޓް ކުރަމުންނެވެ. އެ ކުންފުނީގެ ފިކްސްޑް ނެޓްވޯކް ޚިދުމަތްތަކުގެ ތެރޭގައި ފައިބާ ބްރޯޑްބޭންޑް އަދި ނެކްސްޓް ޖެނެރޭޝަން ހޯމް ކަނެކްޓިވިޓީ ސޮލިއުޝަންސް ހިމެނެ އެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ރާއްޖޭގައި ކޮންމެ ތަނެއްގައި ހުއްޓަސް، މެދުކެނޑުމެއްނެތި މަސައްކަތް ކުރުމާއި، އުނގެނުމާއި، ސްޓްރީމް ކުރުމާއި، ގުޅުވާލުމުގެ ފުރުސަތު ފަހިވާނެއެވެ. މިއީ އުރީދޫގެ ޑިޖިޓަލް މޯލްޑިވްސްގެ ތަޞައްވުރު ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ