އާ އަހަރުގެ ތަހުނިޔާ ކިޔަން، ދިރާގުން ވައިބާއާ ގުޅިގެން ސަޅި ގޮތެއް
މާދަމާ ފެށޭ އާ އަހަރުގެ ތަހުނިޔާ ކިޔަން، ދިރާގުން ވައިބާއާ ގުޅިގެން ކުލަގަދަ ގޮތެއް ތައާރަފުކޮށްފިއެވެ. ކޮންމެ މުނާސަބަތަކާ ގުޅުވައި ވެސް، ވައިބާ މެދުވެރިކޮށް ހެޔޮ އެދުންތައް ފޮނުވުމަކީ ދިވެހީން ވަރަށް ލޯބިކުރާ ކަމެކެވެ. ކުރިއަށް އޮތީ ވެސް، އެފަދަ ތަހުނިޔާތައް ކިޔަން އޮތް މުނާސަބަތެކެވެ. އެހެންވެ، ދިރާގުގެ ކަސްޓަމަރުންނަށް މިހާރު ވެސް ވަނީ، ވައިބާގައި އާ އަހަރުގެ މެސެޖުތައް ވަރަށް މުނާސަބު ގޮތެއްގައި ފޮނުވޭނެ ގޮތް ފަހިކޮށްދީފައެވެ. ދިރާގުގެ ކަސްޓަމަރުން ވައިބާގައި 'ނިއު އިޔާ'ގެ ވާހަކަ ދައްކައި، މެސެޖެއް ފޮނުވާލުމާއެކު މުޅި ސްކްރީން ދިއްލައިލާނެއެވެ. އެގޮތުން ސްކްރީންގެ އެކި ހިސާބުތަކުން ހަވާ އަރުވާ މަންޒަރާއެކު، 2026 ފެށުމުގެ ތަހުނިޔާ ވެސް ފޮނުވައިދޭނެއެވެ. ދިރާގުން އުއްމީދުކުރަނީ، އާ އަހަރަށް ދީފައިވާ އެ ޚާއްސަ ހަދިޔާ، ވީހާވެސް ގިނަ ބަޔަކު ބޭނުންކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ