މި އަހަރު ހުކުރު ޚުތުބާ ލިޔާނެ މައުޟޫއަށް އާންމުންގެ ޚިޔާލު ހޯދަނީ
މި އަހަރު ހުކުރު ޚުތުބާ ލިޔަން ބޭނުންވާ މައުޟޫއަށް އާންމުންގެ ޚިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ، ހުކުރު ޚުތުބާ ލިޔާ މައުޟޫތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ، މި އަހަރު އަޑު އަހަން ބޭނުންވާ ޚުތުބާގެ މައުޟޫތައް ހުށަހަޅަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެ މައުޟޫތައް މިނިސްޓްރީގެ ފޭސްބުކް ޕޯސްޓުގައި ކޮމެންޓު ކުރެވޭނެކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ކޮމެންޓުގައި ހުރި މައުޟޫތަކަށް ލައިކު ދިނުމަށް މިނިސްޓްރީން އެދިފައިވާއިރު، މިހާތަނަށް އެ ޕޯސްޓަށް 560އަށް ވުރެ ގިނަ މީހުން ވަނީ ކެމެންޓު ކޮށްފައެވެ. އޭގެތެރެއިން ބައެއް މީހުން ހުށަހަޅާފައިވާ މައުޟޫތަކަށް ސަތޭކައާ ގާތް ކުރާ އަދަދަކަށް ނުވަތަ އެއަށް ވުރެ އިތުރަށް މީހުން ލައިކު ދީފައިވެއެވެ. އޭގެއިތުރަށް، ހުކުރު ޚުތުބާގެ މައުޟޫ ކޮމެންޓު ކުރި މީހުންގެ ތެރޭގައި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ހިމެނެއެވެ. ބެލެވޭ ގޮތުގައި، މިއީ އަލަށް ޚުތުބާ މައުޟޫއަށް ޚިޔާލު ހުށަހަޅަން ހުޅުވާލި ފުރަތަމަ ފަހަރެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކުރީ، މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް" މި މައުޟޫގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ